logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހޮނިހިރު ދުވަހު ހުޅުވާލަނީ

އައިޝަތު ނަޝާ
15 ޖެނުއަރީ 2026 - 10:41
އިންތިޚާބެއްގައި ބެހެއްޓި ވޯޓު ފޮށި ކެނޑުމަށް އީސީގެ އޮފިސަލުން ތައްޔާރުވަނީ، ފޮޓޯ: އީސީ
އިންތިޚާބެއްގައި ބެހެއްޓި ވޯޓު ފޮށި ކެނޑުމަށް އީސީގެ އޮފިސަލުން ތައްޔާރުވަނީ، ފޮޓޯ: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ފޯމުތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސަވާފައެވެ. މިއީ، ކެންޑިޑޭޓުންގެ ފޯމު ޑިޖިޓަލްކޮށް ބަލައިގަންނަ ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށިތަކުގެ ތަފްސީލް އާންމުކޮށްފައިވާއިރު މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިންތިޚާބުތަކުގައި މީހުން ދިރިއުޅޭ އިދާރީ ރަށްތަކުގެ އިތުރުން ސިނާޢީ މަސައްކަތް ކުރާ ތަންތަނާއި، ޖަލާއި، ރިސޯޓުތަކުގައިވެސް ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން، މިފަހަރުގެ އިންތިޚާބުގައި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ 2 ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި މިއަހަރު ބާއްވާ އިންތިޚާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުންނެވެ.

މި އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭނީ، ރަށާއި ސިޓީ ކައުންސިލަށް އިންތިޚާބު ކުރާ އަދަދަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފިޚަބަރު | 2 ދުވަސް ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ގައުމަށް އެންމެ ފައިދާހުރި އަދި ބުއްދިވެރި ގޮތް: މުބީންޚަބަރު | 6 ދުވަސް ކުރިންލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް އިތުރު ފުރުސަތެއް ދީފިޚަބަރު | 10 ދުވަސް ކުރިންވޯޓު ފޮއްޓާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 10 ދުވަސް ކުރިން