logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަހުސީސްކުރީ ޙަސަން ލަބީބަށް!

އައިޝަތު ނަޝާ
15 ޖެނުއަރީ 2026 - 11:14
މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަހުސީސްކުރީ ޙަސަން ލަބީބަށް!

މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ތަޚުޞީސްކުރައްވަނީ އައްޑު އަތޮޅުގެ މަޝްހޫރު ޅެންވެރިޔާ ޙަސަން ލަބީބަށް ކަމަށް ދިވެހި ބަހުގެ އެކަޑެމީން ބުނެފިއެވެ.

ހަސަން ލަބީބަކީ ދިވެހި ބަހާ އަދަބިއްޔާތުގެ ދާއިރާއިން 1960ވަނަ އަހަރުން ފެށިގެން ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙަސަން ލަބީބު ފާހަގަކޮށްލެވެނީ ޅެންވެރިކަމާއި އަދަބީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން ޅެންވެރިކަމުގެ ކްލާސްތައް ހިންގެވުމާއި، ޅެންވެރީންގެ ހަވީރުގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ޖަމިއްޔާ މެދުވެރިކޮށް މިހާރުވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް އެ ދާއިރާކަށް ކޮށްދެއްވަމުންނެވެ.

ޙަސަން ލަބީބަކީ ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔަވައިވިދާޅުވާން އުޅުއްވި ދުވަސްވަރު ސްކޫލް މަޖައްލާތަކުގައި ލިޔުއްވަން އުޅުއްވި ދުވަސްވަރުން ފެށިގެން ވަނީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފަށްޓަވާފައެވެ. އޭނާ ޅެން ހައްދަވަން ފެށްޓެވީ އުމުރުފުޅުން 15 އަހަރުގައެވެ.

އެ ޒަމާނުގައި ނެރުނު ފަތްތޫރަތަކުން ލަބީބް ގެ ލިޔުންތައް ފެންނަން ހުންނާނެއެވެ. އޭގެ ފަހުން އެކި ގޮތް ގޮތުން ޅެންވެރިކަން އުނގަންނައިދީ 200 އެއްހާ ޅެންވެރިން މި ދާއިރާއަށް ޙަސަން ލަބީބު ނެރެދެއްވާފައިވެއެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ޅެންވެރީންގެ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ގިނަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައެވެ. ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޚަބަރުގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކާއި އެ ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. ޅެންވެރީންގެ ދުވަހު ބާއްވާ ރަސްމީ ޖަލްސާއާ ގުޅިގެން 3 ދުވަސް މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ އައްޑޫ ސިޓީގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަހުސީސްކުރީ ޙަސަން ލަބީބަށް!ޚަބަރު | 2 ގަޑިއިރު ކުރިންދިވެހި އަދަބިއްޔާތު ދިރުވުމުގެ މަސައްކަތަށް އިތުރު ބޮޅެއް: ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތެއް!ޚަބަރު | 2 ދުވަސް ކުރިން