logo
Bank of Maldives

Bank of Maldives

ޚަބަރު

އީފާސްގެ އައު ވާޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ: ޑރ. ކިނާނަތު

އައިޝަތު ނަޝާ
15 ޖެނުއަރީ 2026 - 11:38
އީފާސްގެ އައު ވާޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ: ޑރ. ކިނާނަތު

އީފާސްގެ ވަރަށް ބޮޑު އަޕްގްރޭޑަކާއެކު އީފާސްގެ އައު ވާޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ ކަަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ އީފާސްގެ އައު ވާރޝަންގެ މަސައްކަތްތައް ނިމި މި އަހަރުގެ މެދެއްހާ ހިސާބުގައި އީފާސްގެ ދެވަނަ ވާޝަން ނެރެވިގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީފާސްގެ ދެވަނަ ވާޝަން އަޅުގަނޑުމެން މި ނެރެވީ ވަރަށް އެޑްވާންސް ފީޗާސްތަކަކާއެކީ. އީފާސްއަކީ ވަރަށް ގިނަ މީހުން ބޭނުންކުރާ އެއްޗެއް. މިހާރު އަޅުގަނޑުމެންގެ ސްޓެޓިސްޓިކްސް ދައްކާގޮތުން 272,000އަށްވުރެ ގިނަ ފަރާތްތަކުން ދަނީ އީފާސް ބޭނުންކުރަމުން. މި ޔޫޒާސްތަކުގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިން ނުހިމެނޭ. އެހެންނަަމަވެސް މިހާރު އަޅުގަނޑުމެން ގަސްދުކޮށްފަ ހުންނާނީ އިފާސްގެ ދެވަނަ ވާޝަންގަ 10 އަހަރުން ދަށުގެ ކުޑަކުދިންނަށްވެސް އަދި ބެލެނިވެރިންނަށް ވަދެވޭގޮތަށް. އަޅުގަނޑުމެން ބޭނުންވަނީ އީފާސްބޭނުންކުރާ މީހުން އިތުުރުވުން. ސްޓޭޓް ޑރ. ކިނާނަތު

ޑރ ކިނާނަތު ވިދާޅުވީ މި އައު ބަދަލާއެކު އީފާސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށެވެ.

އަދި މިއަހަރުގެ މެދުތެރޭގައި ނެރޭ ވާޝަން 2ގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ތަފާތު ފީޗަރސްތަކާއެކު އިތުރު ވާޝަންތައް ނެރެމުންދާނެ ކަމަށް މިިނިސްޓަރ ކިނާނަތު ވިދާޅުވިއެވެ.

އީފާސްގެ ބޭނުންކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަން ފާހަގަކުރައްވާ ސްޓޭޓް ވިދާޅުވީ އީފާސްއަކީ 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެއް ކަމަށެވެ.

މިވީ މުއްދަތުގެ ތެރޭގައި އީފާސްގެ އައު ވަރޝަންއެއް ތަޢާރަފްވެފައިނުވާ ކަމަށް ސްޓޭޓް ވިދާޅުވިއެވެ.

ޑިޖިޓަލައިޒޭޝަން އަދި ޓެކްނޮލޮޖީ ކުރިއެރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް ވަނީ ރައީސް ޑރ. މުޢިއްޒުގެ އެންމެ މުހިންމު އެއް ވިޝަން ކަމަށްވާ މޯލްޑިވްސް 2.0އާ ގުޅޭގޮތުން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ ނޭޝަނަލް ސޮވްރިންގ ކްލައުޑުގެ ކޮންސެޕްޓުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ޑާޓާ އެކްސްޖޭންގް ކުރުމަށް ވަކި ޚާއްސަ ޕްލެޓްފޯމެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީފާސްގެ އައު ވާޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ: ޑރ. ކިނާނަތުޚަބަރު | 2 ގަޑިއިރު ކުރިންއީފާހުގެ އައު ވަރޝަނެއް ތަޢާރަފްކުރަނީޚަބަރު | 9 ގަޑިއިރު ކުރިން"އީފާސް އަކީ ރައްޔިތުންނަށް ޑިޖިޓަލް ހިދުމަތް ދިނުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް ހަދާނަން"ޚަބަރު | 7 މަސް ކުރިންއީފާސް އިން އޮންލައިން ފޭސްވެރިފިކޭޝަންގެ ހިދުމަތް އަލުން ފަށައިފިޚަބަރު | އަހަރެއް ކުރިން