logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭރުގައި އުޅޭ ދިވެހިންނަށް ޚިދުމަތް ފަސޭހަކޮށްދިނުމަށް ރައީސް ވަރަށް ބޮޑަށް ބާރުއަޅުއްވާ: ޚާރިޖީ ވަޒީރު

މުހައްމަދު މޫސާމުހައްމަދު މޫސާ
7 އޮކްޓޯބަރު 2024 - 04:17
ބޭރުގައި އުޅޭ ދިވެހިންނަށް ޚިދުމަތް ފަސޭހަކޮށްދިނުމަށް ރައީސް ވަރަށް ބޮޑަށް ބާރުއަޅުއްވާ: ޚާރިޖީ ވަޒީރު

ދިވެހި ރައްޔިތުން އުޅޭ ޤައުމުތަކުގައި އެމްބަސީ ނުވަތަ ކޮންސުލަރ ޚިދުމަތަކީ ވީހާވެސް ފަސޭހައިން ލިބޭ ޚިދުމަތަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބާރުއަޅުއްވާކަމަށާއި، އެ މަގުން މަސައްކަތް ކުރަށްވާނެކަމަށް ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ޚަލީލް އިއްޔެ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުގައި އިންޑިއާއަށް ވަޑައިގެން ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ޚަލީލް ވިދާޅުވިގޮތުގައި، ދިވެހި ރައްޔިތުން އުޅޭ ޤައުމުތަކުގައި އެމްބަސީ ނުވަތަ ކޮންސުލަރ ޚިދުމަތަކީ ވީހާވެސް ފަސޭހައިން ލިބޭ ޚިދުމަތަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ.

''ޚާއްޞަކޮށް ރާރާއްޖެ ރެޕްރެޒެންޓުކުރާ އޮފީސްތަކަކީ ދިވެހިންނާ ވަރަށް ކައިރިން މަސައްކަތްކުރާ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ހެދުމަށް ރައީސް ތަކުރާރުކޮށް ހަނދާންކޮށްދެއްވާ" ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ޚަލީލް ވަނީ ދިވެހިންނާއި ޚާރިޖިއްޔާއާއި ދިވެހި އެމްބަސީތަކާއި މިހާރު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރަށްވައި، އަދި ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދޭން ކުރަންޖެހޭ މަސައްކަތް ގިނަކަން ވެސް ފާހަގަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިއޭއީއޭގެ މެމްބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ފާސްކޮށްފިޚަބަރު | މަހެއް ކުރިންއަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމަށް ފޮރިން މިނިސްޓަރު ގަތަރަށްޚަބަރު | 2 މަސް ކުރިން'ނިއުޔޯކް ޑެކްލަރޭޝަނަކީ' ފަލަސްތީން ދައުލަތެއް ގާއިމުކުރުމުގެ ސާފު ތަސައްވުރެއް، ރާއްޖޭގެ ފުރިހަމަތާއީދު : ފޮރިން މިނިސްޓްރީ ޚަބަރު | 2 މަސް ކުރިންރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިތިބޭނަން: ހާރިޖިއްޔާޚަބަރު | 2 މަސް ކުރިން