logo
Bank of Maldives

Bank of Maldives

ޚަބަރު

ވަރލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރ ދުބާއީ އަށް

މުޙައްމަދު އަފްރާޙް
2 ފެބްރުއަރީ 2026 - 16:29
ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް
ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް

'ވަރލްޑް ގަވަރމަންޓްސް ސަމިޓް 2026' ގައި ދިވެހި ވަފުދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދުބާއީ އަށް ފުރާވަޑައިގެންފިއެވެ.

މިހިނގާ ފެބްރުވަރީ މަހުގެ 3 އިން 5 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވަރލްޑް ގަވަރންމަންޓްސް ސަމިޓަކީ ޔޫ.އޭ.އީ. ގެ ނާއިބު ރައީސް އަދި ބޮޑުވަޒީރު، ހިޒް ހައިނެސް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އިސްނެންގެވުމުގެ މަތިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޝޭޕިންގ ފިއުޗަރަ ގަވަރންމަންޓްސް" މި ޝިޢާރުގެ ދަށުން ބާއްވާ މިއަހަރުގެ ސަމިޓުވެސް ވެގެންދާނީ ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ވެގެންދާނެ ވަރަށް މުހިންމު ޕްލެޓްފޯމަކަށެވެ.

މިއަހަރުގެ ވަފުދުގައިވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ހިމެނިވަޑައިގަތުމަކީ، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ދޭ އަހަންމިއްޔަތުކަން ހާމަވެގެންދާ ކަމެކެވެ.

މި ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ. އާދެމެދު އޮތް ޒަމާންވީ އަޙްވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިސަމިޓުގެ ސަބަބުން ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ފުރުޝަތު ފަހިވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ވަފުދުގައި، ދިވެހިރާއްޖެއިން ޔޫ.އޭ.އީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް، ސަފީރުގެ ނާއިބު ޙައްސާން ވަޙީދު އަދި އެސިސްޓެންޓް ޑިރެކްޓަރ ޢައިޝަތް ލީން ފަޒީޙް ހިމެނިވަޑައިގަންނަވައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުމެއް ނުކުރެވޭނެ؛ ވަޒީރު ޑރ. ޚަލީލްޚަބަރު | 7 ދުވަސް ކުރިންޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިޚަބަރު | 8 ދުވަސް ކުރިންމެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 19 ދުވަސް ކުރިންމެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ސަރުކާރުން އެދިއްޖެޚަބަރު | 19 ދުވަސް ކުރިން