ތަމްރީނުތަކެއް ހެދުމަށް އިންޑިއާ ކޯސްޓްގާޑާއި ލަންކާ ސިފައިން ރާއްޖެއަށް!
16 ޖެނުއަރީ 2026 - 06:08

ތަމްރީނުތަކެއް ހެދުމަށް އިންޑިއާ ކޯސްޓްގާޑާއި ސްރީލަންކާގެ ކަނޑުގެ ސިފައިން ރާއްޖެއަށް އައިސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ރާއްޖޭގައި ތިން ގައުމެއް ގުޅިގެން ބާއްވާ ތަމްރީނުތަކަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ކޯސްޓްގާޑާއި ލަންކާ ކަނޑުގެ ސިފައިންގެ އުޅަނދު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.

Ad by Hajj Corporation
އެގޮތުން އައިސްފައިވަނީ އިންޑިއާ ކޯސްޓްގާޑު، އައިސީޖީ ދޯނިއާ، އައިސީޖީއެސް އަތުލްޔާގެ އިތުރުން އައިސީޖީއެސް ވަޖްރާ ކަމަށާއި ލަންކާ ކަނޑުގެ ސިފައިންގެ އައިސްފައިވަނީ އެސްއެލްއެންއެސް ސުރަނިމިލާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެ އުޅަނދުތައް އައިސްފައިވަނީ ތަމްރީނެއްގައި ބައިވެރިވުމަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެ ތަމްރީނަކީ 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.
ނަމަވެސް މި ތަމްރީނު ފެށުމަށް ހަމަޖެހިފައިވަނީ ކޮން ދުވަހަކު ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.


