logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަކުވާ ހުށަހެޅުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފި

މުޙައްމަދު އަފްރާޙް
17 ޖެނުއަރީ 2026 - 06:28
ޝަކުވާ ހުށަހެޅުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026" އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގާއިމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިޚާބާބެހޭ މަރުކަޒުންނާއި، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ކަމަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި ސިޓީ/އަތޮޅު/ރަށު/އަވަށްތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓްތަކުން ވެސް ލިބެން ހުންނާނެކަމަށް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރަކީ 3004498 ކަމަށާއި މި ބިއުރޯގެ އީމެއިލް އެޑްރެހަކީ complaints@elections.gov.mv ކަމުގައި އީސީން ވަނީ ބުނެފައެވެ.

އީސީން އިތުރަށް ބުނީ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:00 އިން ހަވީރު 18:00 އަށް ކަމަށެވެ.

މީގެއިތުރުން ވޯޓު ނެގުމަށް ހަމަޖެހިފައިވާ 4 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް ކަމުގައި އީސީން ބުނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަކުވާ ހުށަހެޅުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންކައުންސިލު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | 3 ގަޑިއިރު ކުރިންމާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށްޚަބަރު | 15 ގަޑިއިރު ކުރިންކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހޮނިހިރު ދުވަހު ހުޅުވާލަނީޚަބަރު | 2 ދުވަސް ކުރިން