logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިސާ މަނާކުރި ލިސްޓުގައި ވޯލްޑް ކަޕް ބަލަން އަންނަ މީހުން ނުހިމެނޭނެ

އިސްމާޢިލް ރާތިޢު
17 ޖެނުއަރީ 2026 - 06:39
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލް ހިމެނޭހެން މުބާރާތް ކުޅޭ 15 ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް ދިއުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަނާކުރި ނަމަވެސް އޭގެ ތެރޭގައި މުބާރާތް ބަލަން ޒިޔާރަތްކުރާ މީހުން ނުހިމެނޭނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މި ނިންމުމާއެކު އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން މިއަހަރުގެ ޖޫން މަހު ބާއްވާ މުބާރާތުގެ ކުރިމަގާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ. ނަމަވެސް މިކަން ސާފުކޮށްދެއްވަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ވިސާގެ ނުދޭނީ އެމެރިކާއަށް ހިޖުރަކުރަން އުޅޭ މީހުންނަށް ކަމަށާއި ކުޅިވަރު ކުޅޭ މީހުންނާއި ކުޅިވަރު އޮފިޝަލުންނާއި ފަތުރުވެރިންނާއި ޑިޕްލޮމެޓުން މީގެތެރޭގައި ނުހިމެނޭނެ ކަމަށެވެ.

އެ ޑިޕާޓްމަންޓުން ބުދަ ދުވަހު ނެރުނު ރަސްމީ މެމޯގައި ވަނީ 75 ގައުމެއްގެ މީހުން އެމެރިކާއަށް އެތެރެވުން މަނާކޮށްފައެވެ. މި ގައުމުތަކުގެ މީހުންނަށް އެމެރިކާއަށް ވަދެވޭނީ އެމީހުންގެ ރެކޯޑްތައް ވަރަށް ރަނގަޅަށް ޗެކްކުރުމަށްފަހު ހުއްދަދޭ ވަކި ބަޔަކަށެވެ. މި 75 ގައުމުގެ ތެރެއިން ވޯލްޑް ކަޕް ކުޅޭ 15 ގައުމު ހިމެނޭއިރު ސަޕޯޓަރުންނަށް އެމެރިކާއަށް ވަނުން މަނާވެއްޖެނަމަ އެންމެ ބޮޑު ގެއްލުމެއް ދައްކާނީ ބްރެޒިލް ހިމެނޭ ގްރޫޕް ސީ އަށެވެ. މި ގްރޫޕުގައި ހިމެނޭ ބްރެޒިލް އާއި ސްކޮޓްލޭންޑް އަދި މޮރޮކޯ އަކީ ވެސް ޓްރަމްޕްގެ ވިސާ ނުދޭން ނިންމާފައިވާ ގައުމުތަކެވެ. މިހެންވެއްޖެނަމަ އެންމެ ބޮޑަށް ފަޅުވާނީ ހައިޓީ ވެސް ހިމެނޭ މި ގްރޫޕުގެ މެޗުތައް ކުޅޭއިރު ކަމަށް ބެލެވެއެވެ.

ވިސާ ނުދޭން ނިންމި ގައުމުތެރެގައި ހިމެނޭ ވޯލްޑް ކަޕްކުޅޭ އަނެއް 12 ގައުމަކީ އަލްޖީރިއާ އާއި ކޭޕްވާޑޭ، ކޮލަމްބިއާ، އައިވަރީ ކޯސްޓް، މިޞްރު، ގާނާ، އިރާން، ޖޯޑަން، ސެނެގާލް، ޓިއުނީޝިއާ، އުރުގުއޭ އަދި އުޒުބަކިސްތާނެވެ. މި ގައުމުތަކުގެ ރައްޔިތުންނަށް ވިސާދިނުން ހުއްޓާލާނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. މި ގައުމުތަކުން މީހަކު ވިސާއަށް އެދި ހުށަހަޅައިފިނަމަ އެމެރިކާއަށް އެތެރެވާން ހުއްދަ ދޭއިރު މުހިންމު ތިން ކަމަކަށް ވެސް ބަލަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި އެމީހެއްގެ އުމުރާއި ސިއްހަތާއި އިނގިރޭސި ބަސް އެނގުން ހިމެނެއެވެ.

ޓްރަމްޕްގެ މި ނިންމުމަކީ އެމެރިކާގެ ފައިސާއިން އެހެން ގައުމުތަކުގެ ހިޖުރަވެރިންނަށް ހަރަދު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެ އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ. އޭނާގެ މި ނިންމުމާއެކު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސާ މަނާކުރި ލިސްޓުގައި ވޯލްޑް ކަޕް ބަލަން އަންނަ މީހުން ނުހިމެނޭނެކުޅިވަރު | 3 ގަޑިއިރު ކުރިންވެނަޒުއޭލާގެ ތެލުގެ ބޮޑު ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަނީދުނިޔެ | 13 ދުވަސް ކުރިން''ސުލްޙައިގެ ރައީސް'' ޓްރަމްޕް، ނިމުނު އަހަރު ކިތައް ޤައުމަށް ބޮން އެޅި؟ދުނިޔެ | 16 ދުވަސް ކުރިންފީފާ ވޯލްޑް ކަޕް 2026:"ޕްރައިޑް" މެޗަށް މިޞްރުން ބުނީ ނޫނެކޭކުޅިވަރު | މަހެއް ކުރިން