logo
MPL

MPL

ދުނިޔެ

ޓްރަމްޕް ހިމެނޭހެން އެމެރިކާގެ އިސްވެރިންތަކެއް މަރާލަން އުޅުނުކަމުގެ ތުހުމަތު ޕާކިސްތާން މީހަކަށް

މުޙައްމަދު އަފްރާޙް
24 މާރިޗު 2026 - 06:25
ޓްރަމްޕް ހިމެނޭހެން އެމެރިކާގެ އިސްވެރިންތަކެއް މަރާލަން އުޅުނުކަމުގެ ތުހުމަތު ޕާކިސްތާން މީހަކަށް

ޓްރަމްޕާ، އެމެރިކާގެ އިސްވެރިންތަކެއް މަރާލަން އުޅުނުކަމުގެ ތުހުމަތު ޕާކިސްތާން މީހަކަށް ކޮށްފިއެވެ.

އެމެރިކާގެ ނޫސްތަކުގައި ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އެމެރިކާގެ އެހެނިހެން ސިޔާސީ ބޭފުޅުން މަރަން ރޭވި މައްސަލައެއްގައި، ޕާކިސްތާނުގެ މީހެއް ކުށްވެރިވެއްޖެ ކަމަށް އެމެރިކާގެ ހާރިޖީ ވުޒާރާއިން ކަނޑައަޅާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ އެދުމަށް މިކަންކޮށްފައިވަނީ ޕާކިސްތާނުގެ އާސިފް މަރޗަންޓް ކަމަށް ވެސް ޚަބަތަކުގައި ބުނެފައި ވެއެވެ. އަދި އޭނާ ކުށްވެރިކޮށްފައިވަނީ 2020 ވަނަ އަހަރު އީރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އެމެރިކާއިން އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން، ޓްރަމްޕް އާއި އެހެނިހެން ބޭފުޅުންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ރޭވުމެއްގައި އެމެރިކާގައި މީހުން ރެކްރޫޓް ކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށް ބުނެއެވެ.

2024 ވަނަ އަހަރު ރާވާފައިވާ މި ރޭވުމުގެ އަމާޒުތަކުގެ ތެރޭގައި އެމެރިކާގެ އޭރުގެ ރައީސް ޖޯ ބައިޑަން އާއި ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ނިކީ ހޭލީ ވެސް ހިމެނޭ ކަމަށް ފެޑެރަލް ޕްރޮސެކިއުޓަރުން ބުނެއެވެ.
މަރޗަންޓް ކުށްވެރިކުރެވުނީ “ކުލި ދީގެން މީހުން މެރުމަށް ރޭވުން” އަދި “ގައުމީ ސަރަހައްދުތަކުން ބޭރުން ޓެރަރިޒަމްގެ އަމަލެއް ހިންގަން މަސައްކަތް ކުރުން” މި ދެ ކުށުގައެވެ. މިކަންކަން ހިންގާފައިވަނީ އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ކަމަށް ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީ.އޯ.ޖޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ނިއުޔޯކް ސިޓީގެ ބްރޫކްލިންގައި މި މައްސަލައިގެ ޝަރީއަތް ފެށިފައިވަނީ މިދިޔަ ހަފްތާގައެވެ. މިކަން ހިނގާފައިވަނީ ޓްރަމްޕް އީރާނަށް ދެމިގެންދިޔަ ހަމަލާއެއް ދިނުމަށް އަމުރުކުރިތާ ދުވަސްކޮޅެއް ކުރިންނެވެ. މި ހަމަލާގައި އިސްރާއީލް ވެސް ބައިވެރިވެފައިވާއިރު، މިއީ ސަރަހައްދީ ހަނގުރާމައެއްގެ ގޮތަށް ފުޅާވެފައިވާ ހަމަލާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | 15 ދުވަސް ކުރިންއީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 22 ދުވަސް ކުރިންއީރާނުގެ އާގުބޯޓަށް ޔޫކްރެއިނުން ދިން ހަމަލާއަކީ ޓްރަމްޕަށް ދިން މެސެޖެއްދުނިޔެ | މަހެއް ކުރިންއީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން "ނިމިއްޖެ": ޓްރަމްޕްދުނިޔެ | 2 މަސް ކުރިން