logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޕޭނުން ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ޖުލައި 2026 - 21:12
ސްޕޭންގެ ޝާހީ ޢާއިލާއިން ޓީމަށް މަރުޙަބާ ކިޔަނީ، ރާއްޖެއިން ވަނީ ސްޕޭންގެ ކާމިޔާބީ އަށް މަރުޙަބާ ފޮނުވާފައި
ސްޕޭންގެ ޝާހީ ޢާއިލާއިން ޓީމަށް މަރުޙަބާ ކިޔަނީ، ރާއްޖެއިން ވަނީ ސްޕޭންގެ ކާމިޔާބީ އަށް މަރުޙަބާ ފޮނުވާފައި

ފީފާ ވަރލްޑް ކަޕް 2026 ގެ ތަށި ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، އެ ޤައުމުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްޕެއިންގެ ޓީމުން ހޯދި މި ބޮޑު ކާމިޔާބީއަކީ އެ ޓީމުގެ ކުޅުންތެރިންގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ފުޓުބޯޅައަކީ ދިވެހިންގެ މެދުގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަން ފާހަގަކުރައްވައި، ސްޕެއިން ޓީމަކީ ދިވެހި ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް އޮތް ޓީމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، ސްޕެއިންގެ މި ކާމިޔާބީގެ އުފަލުގައި ދިވެހިން ބައިވެރިވެފައިވާކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެއާއި ސްޕެއިނާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ސްޕެއިނާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ސްޕެއިންގެ ރައްޔިތުންނަށް ފާގަތިކަމާއި، ސުލްޙަވެރިކަމާއި ދާއިމީ ކުރިއެރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ސްޕޭން ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލްގައި 1-0 އިން އާޖެންޓީނާ ބަލިކޮށްގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންސްޕޭނުން ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިޚަބަރު | 11 ގަޑިއިރު ކުރިންއިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 14 ގަޑިއިރު ކުރިންމީރާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން