logo
Bank of Maldives

Bank of Maldives

ދުނިޔެ

ޓްރަމްޕް ގްރީންލޭންޑާ ގުޅުވައިގެން ދެއްވި ޓެރިފްގެ އިންޒާރަކީ "ބްލެކްމެއިލް" ކުރުން: ޑަޗް މިނިސްޓަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖެނުއަރީ 2026 - 12:11
ޑަޗް ފޮރިން މިނިސްޓަރު
ޑަޗް ފޮރިން މިނިސްޓަރު

ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުން ގްރީންލޭންޑް އެމެރިކާއަށް ވިއްކާލުމަށް އެއްބަސްނުވާހާ ހިނދަކު، އެ ގައުމުތަކުން އެތެރެކުރާ މުދަލުން އާ ޓެރިފް ނަގާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަކީ "ބްލެކްމެއިލް" ކުރުން ކަމަށް ނެދަލޭންޑްސްގެ ފޮރިން މިނިސްޓަރު އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

"އޭނާ އެ ކުރައްވަނީ ބްލެކްމެއިލް... އަދި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން. އޭގެ ސަބަބުން ނޭޓޯގެ އިއްތިހާދަކަށް ވެސް އަދި ގްރީންލޭންޑަކަށް ވެސް އެއްވެސް ފައިދާއެއް ނެތް،" ޑަޗް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޑޭވިޑް ވަން ވީލް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޮނިހިރު ދުވަހު ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ފެބްރުއަރީ 1 އިން ފެށިގެން ޑެންމާކް، ނޯވޭ، ސްވިޑަން، ފްރާންސް، ޖަރުމަނު، ނެދަލޭންޑްސް، ފިންލޭންޑް އަދި އިނގިރޭސިވިލާތުން އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ އިމްޕޯޓް ޓެރިފް ނަގަން ފަށާނެ ކަމަށެވެ. މިއީ ގްރީންލޭންޑްގައި ބާއްވާ ނޭޓޯގެ ތަމްރީނުތަކަށް ސިފައިން ފޮނުވުމަށް އެއްބަސްވެފައިވާ ގައުމުތަކެވެ.

ވަން ވީލް ވިދާޅުވީ ގްރީންލޭންޑް މިޝަނަކީ ގްރީންލޭންޑް ދިފާއުކުރުމުގައި އެހީތެރިވުމަށް ޔޫރަޕުން ތައްޔާރަށް އޮތްކަން އެމެރިކާއަށް ދެއްކުމަށް ކުރިއަށްގެންދާ ކަމެއް ކަމަށާއި، އެ ރަށުގެ ޑިޕްލޮމަސީއާއި ވިޔަފާރިއާ ޓްރަމްޕް ގުޅުުވުމާ އޭނާ ދެކޮޅު ހައްދަވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ގްރީންލޭންޑްގެ ފުރިހަމަ މިލްކުވެރިކަން ލިބުން ނޫން ގޮތަކަށް އޭނާ ގަބޫލުނުވާނެ ކަމަށެވެ. ޑެންމާކްގެ ދަށުން އަމިއްލަ އިހްތިޔާރު ލިބިގެންވާ މި ސަރަހައްދަކީ އޭގެ ސްޓްރެޓީޖިކް މަގާމާއި މައުދަނީ މުއްސަނދިކަމުގެ ސަބަބުން އެމެރިކާގެ ސަލާމަތަށް މުހިންމު ތަނެއް ކަމަށް އޭނާ ވިދާޅުވެއެވެ. ނަމަވެސް ޑެންމާކާއި ގްރީންލޭންޑްގެ ލީޑަރުން ވިދާޅުވެފައިވަނީ އެ ރަށަކީ ވިއްކާލަން އޮތް ތަނެއް ނޫން ކަމަށާއި، އެމެރިކާގެ ބައެއްގެ ގޮތުގައި އޮންނަން ބޭނުންނުވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާ އެބުނަނީ ޕްލޭސްޓޭޝަނެއްގައި ކުޅެގެން ހޯދި ކާމިޔާބީއަކަށް ވެދާނެ: އީރާނުގެ ޕާލަމެންޓް ސްޕީކަރދުނިޔެ | ދުވަހެއް ކުރިންޓޮރޮންޓޯގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ބަޑީގެ ހަމަލާތަކެއް ދީފިދުނިޔެ | ދުވަހެއް ކުރިން''ހުޅަނގުން ކުރަމުންދާ ހަނގުރާމައަކީ "ޝައިތާނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ނުފޫޒުގަދަ ބައެއްގެ" އަމަލެއް''ދުނިޔެ | 9 ދުވަސް ކުރިންއިސްރާއީލް-އެމެރިކާ ބައިނަލްއަގްވާމީ ޤާނޫނުތަކަށް ފައިން އަރައިފި، މެދު އިރުމަތި ދަނީ ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް: ޗައިނާދުނިޔެ | 9 ދުވަސް ކުރިން