logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ވޯޓަރސް ލިސްޓަށް 779 ޝަކުވާ ހުށަހަޅައިފި

މުޙައްމަދު އަފްރާޙް
18 ޖެނުއަރީ 2026 - 12:16
ވޯޓަރސް ލިސްޓަށް 779 ޝަކުވާ ހުށަހަޅައިފި

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 779 ޝަކުވާ ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެންމެގިނައިން ހުށަހަޅާފައިވަނީ އެޑްރެސް ބަދަލުވުމާ، ރަށްވެހިކަން ބަދަލުވުމުގެ ޝަކުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ އިންތިޚާބަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރުފަހު 3:00  ގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި މި ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ޚައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، މި ރަޖިސްޓަރީގައިވާ މަޢުލޫމާތުތައް ކަށަވަރުކުރުމަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، ހުށަހަޅުމަށް ވަނީ އެދިފައެވެ.

ޝަކުވާ ހުށަހަޅާއިރު، ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ. 

ރަޖިސްޓަރީގައިވާ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR (Space) ID number to 1414)  އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ. އަދި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ އެކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mv  މެދުވެރިކޮށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓަރސް ލިސްޓަށް 779 ޝަކުވާ ހުށަހަޅައިފިޚަބަރު | 2 ގަޑިއިރު ކުރިންކައުންސިލް އިންތިޚާބުގެ ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފިޚަބަރު | 7 ގަޑިއިރު ކުރިންޝަކުވާ ހުށަހެޅުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފިޚަބަރު | ދުވަހެއް ކުރިންކައުންސިލު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިން