ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކުގައި އެހީތެރިކަމެއް ދެވޭނީ ރައްޔިތުންނާ ގުޅުން ހުރި ފަރާތަކަށް: ނައިބުރައީސް
18 ޖެނުއަރީ 2026 - 18:38

ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކުގައި އެހީތެރިކަމެއް ދެވޭނީ ރައްޔިތުންނާ ގުޅުން ހުރި ފަރާތަކަށް ކަމަށް ނައިބުރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިފަދައިން ވިދާޅުވީ، މާލެ ސިޓީގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބުރައީސް ވިދާޅުވީ، ބޭނުންވަނީ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ހިދުމަތާއި، އެމަނިކުފާނުގެ ސްޕީޑާއި އެއްވަަރަށް އެހީތެރިވެދޭނެ ބޭފުޅެއް ކަމަށެވެ. އަދި ކަންކަމަށް ހުރަސް އަޅައިގެން، ޖަވަބު ދާރީ ކުރުވާންށޭ ބުނެ އެ މަސައްކަތް ކުރުވާނެ ބޭފުޅެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ގާނޫނު އަސާސީގައި ވަރަށް ސަރީހަ ބަހުން ލިޔެފައި އެބަ ހުރި، މުވައްސަސާތައް ކަނޑައަޅުއްވާފައި، އެކަންކަމަށް ބޭނުންވާ ފަރާތްތައް ރައްޔިތުން އެ ތިއްބެވީ އެ ބޭފުޅުންގެ މަންދޫބުންގެ ގޮތުގައި އިހުތިޔާރު ކުރައްވާފައި، ހޮއްވަވާފައި، އެހެންކަމުން ސަރުކާރު ޖަވާބު ދާރީ ކުރުވާނީ އެ ދާއިރާތަކުގެ މެންބަރުން، އެ މުވައްސަސާތަކުން،"
ނައިބުރައީސް ވިދާޅުވީ، ސިޓީ ކައުންސިލްތަކާއި، ކައުންސިލްތައް ބޭނުންފުޅު ވަނީ ސަރުކާރާއި ގުޅިގެން ހިދުމަތް ކުރަން ކަމަށާއި، އެއީ ރައްޔިތުންނަށް ކަންކަން މަގުފަހިކޮށްދޭނެ ވެރިންތަކެއް ކަަމަށެވެ.
"އެ ވެރިންތައް އިހުތިޔަރު ކުރުމުގައި އަޅުގަނޑުމެން އެދެނީ، މި މާލެ ސިޓީވެސް އެމަނިކުފަނު ގެންގުޅުއްވި ތަސައްވަރުގައި ކުލަޖައްސާނެ ވެރިއެއް މާލެ ސިޓީއަށް ހޮއްވަވާ ދެއްވުމަށް. އެއި އަޅުގަނޑު މި ދަންނަވާ ވެރިއަކީ، މި ސިޓީގައި މައްސަލަތައް ކިތަންމެހާވެސް ގިނަ، ކާރުބާރު ބޮޑު، އަޅުގަނޑުމެންގެ މާލެ ރައްޔިތުން އަމާންކަމާއި ސުލްހަ މަސަލަސްކަމާއެކު އުޅެވޭނެ ފަސްގަނޑަކަށް މި ފަސްގަނޑު ވާން އެބަ ޖެހޭ،".
މި ފުރަމާލޭގައި އަމާންކަމާއި އެކީގައި ހިނގާބިގާވެ އުޅެވެން ޖެހޭ ކަމަށާއި، ދުއްވުމުގެ އުސޫލުތަކައި ހަމަތަކެއް ހިފަހައްޓަން ޖެހޭ ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ. މިކަންކަން ކުރުމުގައި ސަރުކަރުން ރާވަވާ ޕްލޭނާއި، ސަރުކާރުން ހިންގަވަން ބޭނުންވާ ތަރައްގީގެ މަޝްރޫއުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނެ ސީދާ ރައްޔިތުންނާއި ގުޅުން ހުރި ފަރާތަކަށް ވަނީ މާލެ ސިޓީގެ މޭޔަރަކަށް ހުންނަވާ ބޭފުޅެއް ކަމަށްވެސް ނައިބުރައީސް ވިދާޅުވެފައި ވެއެވެ.
"މިއަދުވެސް އެމަނިކުފަނު މި ސިޓީގެ މަގުތައް އަމާން ކުުރުމަށްޓަކައި، މި ސިޓީގެ މަގުތަކުގެ ޕާކިން ހެދޭނެ ގޮތްތަކާއި ގުޅޭގޮތުން ވިސްނުންފުޅު އެކިއެކި ދާއިރާތަކުގެ ބޭފުޅުންނާއި މަޝްވަރާ ކުރަމުން އެ ދަނީ، އެންމެ ބޮޑު އެހީތެރިކަމެއް އެބޭފުޅާ ބޭނުންވަނީ ކޮން ބޭފުޅެއްގެ ފަރާތުންތޯ؟. މާލެ ސިޓީގެ މޭޔަރުގެ ފަރާތުން، އެހެން ނަމަވެސް މިދިޔަ ދެ އަހަރު ތެރޭގައި ކިހިނެއްތޯ ވެގެން މި ދިޔައީ، ހުދު އެމަނިކުފާނަކީ މާލެ ސިޓީގެ މޭޔަރުކަން ތަޖުރިބާ ކުރައްވައި ވަޑައިގެން ހުންނެވި ބޭފުޅެއް،"
މޫސާ ޢަލީ ޖަލީލުގެ ހިދުމަތާއި ދޭތެރޭގައި އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި، މި ގައުމު ދެކެ ވާނެ ލޯތްބައި ދޭތެރެ އާއި ރައްޔިތުންގެ އަމާންކަމައި ސުލްހަމަސަލަސްކަން ނެގެެހެއްޓުމާއި ދޭތެރޭގައި އާއި ތަރަައްގީގެ ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެ ސްޕީޑްގައި މަސައްކަތް ކުރެއްވުމާއި ދޭތެރޭގައި ޝައްކެއް ނެތް ކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.


