logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސަކީ މާލޭގެ ރައްޔިތުންގެ ލޯތްބާއި ކުލުނު ލިބިވަޑައިގެންނެވި ވެރިއެއް: ނައިބުރަައީސް

ޒިދާން މުޙައްމަދު
19 ޖެނުއަރީ 2026 - 13:02
ރައީސަކީ މާލޭގެ ރައްޔިތުންގެ ލޯތްބާއި ކުލުނު ލިބިވަޑައިގެންނެވި ވެރިއެއް: ނައިބުރަައީސް

ރައީސް ޑރ. މުހައްމަދު މުޢިއްޒަކީ މާލޭގެ ރައްޔިތުންގެ ލޯތްބާއި ކުލުނު ލިބިވަޑައިގެންނެވި ވެރިއެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާ ސްޕީޑުގައި މަސައްކަތް ކުރެވޭނެ ވެރިންތަކެއް ހޮވުމަށް އިލްތިމާސްކުރައްވާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ވަނީ މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެވޭނެ ފަދަ ވެރިން ހޮވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނައިބުރައީސް ވިދާޅުވީ، މާލެ ސިޓީއަކީ ބޮޑު ތާރީޚެއް އޮތް ތަނެއް ކަމަށާއި އެތާރީޚުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިންވެސް ރައްޔިތުންގެ ކުލުނާއި ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު މާލެ ސިޓީއަށް ތަޞައްވުރު ކުރެއްވި ކަންކަން މެނިފެސްޓޯގައި ހިމަނުއްވައިގެން އެމަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް މާލެއަށް ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުން ގެންދަވާ ދުވެލީގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެއީ ޤައުމުދެކެ ލޯބިވާ ފަރާތަކަށް ވާންޖެހޭނެކަން ފާހަގަކުރައްވާ، ނައިބު ރައީސް ވަނީ ޕީއެންސީން އިންތިޚާބުގައި ވާދަކުރައްވަނީ އެފަދަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ބޭނުންވަނީ ޖަވާބުދާރީކުރުވުމަށް ކަމަށް ބުނެ ކަންކަމަށް ހުރަސްއަޅާ ވެރިންތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ފަރާތްތައް ރައްޔިތުން އިޚްތިޔާރުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް އިޝާރަތްކުރައްވައި ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މާލެސިޓީއަށް ދިމާވެފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލެއްވިއެވެ. މާލެސިޓީ އަކީ ކާރުބާރުބޮޑު ތަނެއްކަން ފާހަގަކުރައްވާ، އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާއެކު މާލޭގައި އުޅެވެންޖެހޭ ކަމަށެވެ.

ޕާކިން ފަދަ މައްސަލަތައް ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ރާވާފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވޭނެ އެއްބޭފުޅަކީ މާލެސިޓީގެ މޭޔަރުކަމަށެވެ. ނަމަވެސް މިދިޔަ ދެ އަހަރު ތެރޭގައި އެގޮތަށް ކަން ހިނގާފައި ނުވާކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައިވަނީ ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައި ތިއްބެއްވީ އެއްޓީމެއްކަމަށާއި މޭޔަރަކީ އެޓީމުގެ ލީޑަރު ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ޤައުމަށް ބޭނުންވަނީ ޤައުމު ދެކެ ލޯބިވާ އެފަދަ ލީޑަރުންނާއި ވެރިންކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސަކީ މާލޭގެ ރައްޔިތުންގެ ލޯތްބާއި ކުލުނު ލިބިވަޑައިގެންނެވި ވެރިއެއް: ނައިބުރަައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރަކީ މާލެ ރައްޔިތުންނަށް 'ރަން ޒަމާން': ޖަލީލްޚަބަރު | 20 ގަޑިއިރު ކުރިންޕިކްނިކް އައިލެންޑް ތަރައްގީކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީޚަބަރު | ދުވަހެއް ކުރިންދިވެހި ވަތަނީ ޚިދުމަތް: ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމުގެ މުހިންމު މަސައްކަތެއްރިޕޯޓް | 3 ދުވަސް ކުރިން