logo
Bank of Maldives

Bank of Maldives

ޚަބަރު

ރ. ވާދޫ ކައުންސިލުން ވައްކަމާއި މަކަރާތް ހީލަތް ހިންގުމުގެ ފުރުސަތު އެބަ އޮތް ކަމަށް މޮނިޓަރިން ރިޕޯޓުން ދައްކައިފި

ޒިދާން މުޙައްމަދު
20 ޖެނުއަރީ 2026 - 09:17
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ --- ފޮޓޯ: ވާދޫ ލައިވް
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ --- ފޮޓޯ: ވާދޫ ލައިވް

ރ. ވާދޫ ކައުންސިލުން ވައްކަމާއި މަކަރާތް ހީލަތް ހީލަތް ހިންގުމުގެ ފުރުސަތު އެބަ އޮތް ކަމަށް 2024 ވަނަ އަހަރުގެ އެ ކައުންސިލްގެ މޮނިޓަރިން ރިޕޯޓުން ދައްކައިފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ މޮނިޓަރިން ރިޕޯޓުގައި ވަނީ އެ ކައުންސިލުން ފާހަގަވި މައްސަލަތައް ބަޔާންކޮށް އިސްލާހުކުރުމަށް އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން އެންމެ ބޮޑު އެއް މައްސަލައަކަށް ފާހަގަކޮށްފައި ވަނީ ތިޖޫރީގައި ހުންނަ ފައިސާ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވުމެވެ.

ޕަބްލިކް ފައިނޭންސްގެ ގާނޫނުގެ ސެކްޝަން 4 & 6ގައި ބުނާ ގޮތުގައި ދައުލަތުގެ ހުރިހާ އާމްދަނީއެއް ރައްކާތެރިކޮށް ޒިންމާދާރުކަމާއެކު ބަލަހައްޓަން ޖެހެއެވެ. ޕަބްލިކް ފައިނޭންސް ގަވާއިދުގެ 69 ވަނަ މާއްދާގެ (-)ގައި ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކު އެއްކުރާ ހުރިހާ އާމްދަނީއެއް ކައުންސިލްގެ ރަސްމީ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހެނީ އެހެން ގޮތަކަށް ހުއްދަ ދީފައި ނުވާނަމައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ގާނޫނުގެ 120 ވަނަ މާއްދާގައި ބުނަނީ ކައުންސިލްތަކުން ފައިސާ ބެލެހެއްޓުމުގައި އާންމު މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރަންވާނެ ކަމަށެވެ.

ނަމަވެސް މާޅޮސްމަޑުލު އުތުރުބުރި ވާދޫ ކައުންސިލް އިދާރާގައި ތިޖޫރީގައި ގިނަ ދުވަސްތަކެއްވަންދެން ފައިސާ ޖަމާނުކޮށް ބަހައްޓާފައިވާކަން މޮނިޓަރކުރުމުން ވަނީ ފާހަގަކުރެވިފައެވެ.

މީގެ ނަތީޖާއަކީ ފައިސާއާ ގުޅޭ އެކި ބާވަތުގެ ކުށްތައް (ވައްކަން، މަކަރާއި ހީލަތް) ހިންގުމުގެ ފުރުސަތު އޮތްކަމެއް ކަމުގައި ބެލެވުން ކަމުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުންވެސް 11 މައްސަަލައެއް ވަނީ ރިޕޯޓުގައި ފާހަގަކޮށްފައެވެ.

ފާހަގަކުރެވުނު މައިގަނޑު މައްސަލަތަކުގެ ކުރު ހުލާސާ:
  • އ.ތ.މ ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ކައުންސިލް އިދާރާއިން، މުވައްޒަފެއް ކަނޑައަޅާ ހަމަޖައްސާފައި، ނެތުން.
  • އ.ތ.މ ކޮމިޓީގެ ނިންމުންތައް ޤަވާއިދުން ޢާންމުކޮށްފައި، ނުވުން.
  • އ.ތ.މ ކޮމިިޓީއާއެކު ކައުންސިލުން މަހަކު އެއްފަހަރު ބާއްވަންޖެހޭ ބައްދަލުވުން ބާއްވާފައިނުވުން.
  • ބޭންކް ރިކޮންސިލޭޝަން ތައްޔާރުކޮށްފައި ނުވުން.
  • ތިޖޫރީގައި ހުންނަ ފައިސާ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވުން.
  • ގަވާއިދާ އެއްގޮތަށް، މުސާރައިން ޕެންޝަންގެ ފައިސާ ހިސާބުކޮށްފައި ނުވުން.
  • އެސެޓް ކައުންޓް އަހަރީ ޗެކްކޮށްފައި ނުވުން.
  • ތަމްރީން ޕްލޭނެއް އެކުލަވާލާފައި ނުވުން .
  • މުވައްޒަފުންފެ ޕާސަނަލް ފައިލްތަކުގެ ބޭރުގައި ރިކޯޑް ކާރޑް ނަންބަރު އަދި ތަރުތީބު ނަންބަރު ޖަހާފައި، ނުވުން .
  • ކައުންސިލްގެ ބައްދަލުވުން އޮތް ދުވަހު ކައުންސިލް މެމްބަރުން ސަލާމުގައި ހުރުމަށްފަހު ސަލާމް ސެޓްފިކެޓް ހުށަހަޅާފައި ނެތުން.
  • ކައުންސިލް ބައްދަލުވުމުގެ އެޖެންޑާ 48 ގަޑިއިރުކުރިން ހިއްސާކޮށްފައި ނެތުން.
  • ކައުންސިލަރުންގެ ޗުއްޓީ ތާވަލު އެކުލަވާލާ، ކައުންސިލްގެ ޖަލްސާއިން ފާސްކޮށްފައިނުވުން.
Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރ. ވާދޫ ކައުންސިލުން ވައްކަމާއި މަކަރާތް ހީލަތް ހިންގުމުގެ ފުރުސަތު އެބަ އޮތް ކަމަށް މޮނިޓަރިން ރިޕޯޓުން ދައްކައިފިޚަބަރު | 2 ގަޑިއިރު ކުރިން