logo
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ރ. ވާދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ފިޓްނަސް ޕްރޮގްރާމެއް ފަށައިފި

ޒިދާން މުޙައްމަދު
9 ޖޫން 2026 - 12:06
ރ. ވާދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ފިޓްނަސް ޕްރޮގްރާމެއް ފަށައިފި

ރ. ވާދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ފިޓްނަސް ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމަކީ 6 ދުވަހުގެ މުއްދަތަކަށް އެކި ސެޝަންތަކަށް ބަހާލައިގެން، ރ. ވާދޫ އެފްއާރްސީއާއި ރ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ކައުންސިލުން ކުރިއަށް ގެންދާ އާންމު ހަށިހެޔޮކަމުގެ ޕްރޮގްެރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމްގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި، ތަމްރީން ދެއްވަނީ، ރ. ވާދޫ އެފްއާރްސީގެ ފަރާތުން މުޙައްމަދު އާސިފްއެވެ.

ރ. ވާދޫ ފިޓްނަސް ސެންޓަރުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ، ހެލްތު ސްކްރީނިންގވެސް ކުރިއަށް ގެންގޮސްފައެވެ. ހެލްތު ސްކްރީނިންގ ކުރިއަށް ގެންދިޔައީ ރ. ވާދޫ ސިއްޚީ މަރުކަޒުގައެވެ.

719463358_1433005912186918_2737356142236310611_n.jpg

ރ. ވާދޫ ކައުންސިލުން ބުނީ، ވާއެ ކައުންސިލުން ގެންދާ ޖެނެރަލް ފިޓްނަސް ޕްރޮގްރާމް ފެށިގެން ކުރިށްދާ ކަމަށެވެ، މި ޕްރޮގްރާމް ކުރިއަށް ގެންދަނީ 3 ސެސަނަކަށް ބަހާލައިގެން 6 ދުވަހުގެ މުއްދަތަކަށް ކަމަށާއި ސްކޫލުގެ ދަރިވަރުންނަށް ވަކިން، އަދި ދެ ޖިންސުގެ އާންމުންނަށް ވަކި ދެ ސެސަން ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ދުޅަހެޔޮ ހަށިހެޔޮ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ރ. ވާދޫ ހެދުމަކީ މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ ފަސް ވަނަ ދައުރުގެ މުހިންމު ސިޔާސަތެކެވެ.

އާންމު ރައްޔިތުންނާ އަދި ވަކިން ހާއްސަކޮށް ޒުވާނުންނާ ގުޅޭ މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ މިހިނގާ ދައުރަށް އެކުލަވާލާފައިވާ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރ. ވާދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ފިޓްނަސް ޕްރޮގްރާމެއް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންޢީދު ދަރުބާރަކަށްފަހު ހަވާ އަރުވައި، ރ. ވާދޫގައި ޢީދުގެ ރަސްމީ ހަރަކާތްތައް ފަަށައިފިޚަބަރު | 14 ދުވަސް ކުރިންވާވެރިންގެ ރަށް: ރ. ވާދޫރިޕޯޓް | 15 ދުވަސް ކުރިންޢީދުވިލޭރޭ ރ. ވާދޫގައި ހަވާއަރުވަނީޚަބަރު | މަހެއް ކުރިން