logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް މުޙައްމަދު އިމްތިޠާއުޢައްބާސް އައްޔަންކުރައްވައިފި

ޒިދާން މުޙައްމަދު
20 ޖެނުއަރީ 2026 - 11:28
މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް މުޙައްމަދު އިމްތިޠާއުޢައްބާސް އައްޔަންކުރައްވައިފި

ޒަކާތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޒަކާތު ކައުންސިލުން، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް އިމްތިޠާއު ޢައްބާސް އައްޔަންކުރައްވައިފިއެވެ.

އައްޝައިޚް އިމްތިޠާއު މަޤާމަށް އައްޔަންކޮށްފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކާ އިންޓަރވިއުކުރުމަށް ފަހު، އެ ފަރާތްތަކުގެ ޤާބިލުކަމާއި ތަޢުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަޤާމަށް އައްޔަނުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އެ ބޭފުޅާކަމަށް ޒަކާތު ކައުންސިލުން ނިންމާފައިވާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމަށް އައްޔަނުކުރުމުގެ ކުރިން، ޖަނަވަރީ 14 2026އާ ހަމައަށް އައްޝައިޚް އިމްތިޠާއު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމާއި، ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ އިސް މަޤާމުތަކާއި ލަފާއަރުވާ ރޯލުތައް ޝައިޚް އިމްތިޠާއުވަނީ އަދާކުރައްވާފައެވެ. ހަމަ އެހެންމެ ޒަކާތު ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަޤާމު ވެސް އައްޝައިޚް އިމްތިޠާއު ވަނީ އަދާކުރައްވައިފައެވެ.

އައްޝައިޚް އިމްތިޠާއުއަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ޙަދީޘް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، މިހާރު ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާވިދާޅުވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ޒަކާތު ހައުސްއިން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިޚަބަރު | 2 ގަޑިއިރު ކުރިންއޮންލައިންކޮށް ފިތުރު ޒަކާތް ބަލައި ގަންނަން ފަށައިފިޚަބަރު | 3 މަސް ކުރިންމޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް މުޙައްމަދު އިމްތިޠާއުޢައްބާސް އައްޔަންކުރައްވައިފިޚަބަރު | 4 މަސް ކުރިންމޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިޚަބަރު | 5 މަސް ކުރިން