logo
MPL

MPL

ޚަބަރު

ސިޔާސީ އެއްވެސް ބޭނުމަކަށް ޒަކާތު ފަންޑުގެ ފައިސާ ބޭނުން ކޮށްފައެއް ނުވާނެ: އަބްދުއްﷲ އަލީ

އައިޝަތު ނަޝާއައިޝަތު ނަޝާ
21 އޮކްޓޯބަރު 2026 - 05:20
ސިޔާސީ އެއްވެސް ބޭނުމަކަށް ޒަކާތު ފަންޑުގެ ފައިސާ ބޭނުން ކޮށްފައެއް ނުވާނެ: އަބްދުއްﷲ އަލީ

ސިޔާސީ އެއްވެސް ބޭނުމަކަށް ޒަކާތު ހައުސްގެ ފައިސާ ބޭނުން ކޮށްފައިނުވާނެ ކަމަށާއި، ޒަކާތުގެ ނިޒާމު ބައްޓަންކޮށްފައި ވާނީ އެފަދަ އަމަލުތައް ނުހިންގޭނެ ނިޒާމެއްގެ ތެރެއިން ކަމަށް ޒަކާތު ހައުސްގެ ފަންޑުގެ މެނޭޖަރ އަބްދުއްﷲ އަލީ ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީ ގެ މައުޟޫ ޕްރޮގްރާމްގައި ޒަކާތު ހައުސް ގެ ހިދުމަތްތަކާ އަދި ކުރިއަށް އޮތް ޒަކާތު ކޮންފެރެންސް އާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން އަބްދުއްﷲ އަލީ ވިދާޅުވީ ޒަކާތު ފަންޑަކީ އަބަދުވެސް ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ވަރަށް ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދާ ފަންޑެއްކަމަށެވެ. އެގޮތުން ޒަކާތު ޤާނޫނު އައުމުގެ ކުރިންވެސް ޒަކާތުގެ ފައިސާ ޚަރަދުކުރަމުން އައީ ވަރަށް ރަނގަޅު ނިޒާމެއްގެ ތެރެއިން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެސަރުކާރުގެ އެކި ވުޒާރާތަކުން ބޭފުޅުން ތަމްސީލު ކުރާ ގޮތަށް ހިމެނޭ ކައުންސިލަކުން އޭގެ ހަމަ އެންމެ ކުޑަ ޕޭމެންޓެއް ވިޔަސް ދޫކުރުމުގެ ކަންކަން މި ނިންމަނީ. އެހެންވީމަ އެކަހަލަ ޝަރުއީ ގޮތުން ނުކުރެވޭނެ ކަމެއް ނުވަތަ ހުއްދަ ނޫން ކަމަކަށް ނުވަތަ ސިޔާސީ ވަކި ބޭނުމެއް ހާސިލް ކުރުމަށްޓަކާ އެއްވެސް ފަރާތަކަސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ނޫން ޒަކާތުގެ ނިޒާމް ބައްޓަން ކުރެވިފައި އޮތީކީ" އަބްދުއްﷲ އަލީ ވިދާޅުވިއެވެ.

ޒަކާތު ޤާނޫނުގައި ޝަރީއާ އެޑްވައިޒަރީ ކޮމިޓީ އެއް ވެސް އޮންނަކަމަށާއި، އެ ކޮމިޓީއިން ޒަކާތު ހައުސް އިން ކުރާ ކަންކަމަކީ ޝަރުއީ ގޮތުންހުއްދަ ކަންކަންތޯ ބަލަމަުން ގެންދާ ކަމަށް ވެސް އަބްދުﷲ ފާހަގަ ކުރެއްވެވި އެވެ.

ޒަކާތު ހައުސްގެ ނިޒާމް މިފަދައިން ބައްޓަންކުރުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެ ކޯޕަރޭޝަން އަށް ލިބިގެންދާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ. އަދި އޭގެ އެންމެ ބޮޑު ހެއްކަކީ އަހަރުން އަހަރަށް ޒަކާތުގެ ގޮތުގައި ދައްކަމުން އަންނަ ފައިސާ އިތުރުވަމުން ދިޔުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަކާތު ހައުސް ވެބްސައިޓް މެދުވެރިކޮށް މަހުން މަހަށް ހަރަދުތަކުގެ ތަފާސްހިސާބުތައް އާންމުކުރާ ކަމަށް ވެސް އަބްދުއްﷲ ވިދާޅުވި އެވެ. އަދި މި ސަބަބާހުރެ، ޒަކާތުފަންޑުގެ ހަރަދުތައް ރައްޔިތުންނަށް ގާތުންފެނިގެންދާނެ ކަމަށާއި ސުވާލު އުފެއްދުމުގެ ފުުރުސަތެއް ނޯންނާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޔާސީ އެއްވެސް ބޭނުމަކަށް ޒަކާތު ފަންޑުގެ ފައިސާ ބޭނުން ކޮށްފައެއް ނުވާނެ: އަބްދުއްﷲ އަލީޚަބަރު | 2 ގަޑިއިރު ކުރިންމިދިޔަމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 109.26 މިލިއަން ރުފިޔާ ޚަބަރު | 19 ދުވަސް ކުރިންޒަކާތު ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިޚަބަރު | 3 މަސް ކުރިންޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހަ ކުއްޖަކު އިންޑިއާ އަށް ފޮނުވަނީޚަބަރު | 3 މަސް ކުރިން