އަޒީބެއަށް ސްޓްރޯކެއް ޖެހި ފަރުވާ ދެނީ
20 ޖެނުއަރީ 2026 - 14:33

ދިވެހިންގެ މެދުގައި މަގުބޫލު ދީނީ އިލްމުވެރިޔާ އައްޝައިޚް އަބްދުލް އަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ޝެއިޚް އަޒީބެއަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެ ފަރުވާދެމުންދާކަން އެނގުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮދުއާ ކުރަމުންނެވެ. އާންމުންނާއި ދީނީ އިލްމުވެރިން ގެންދަވަނީ ޝެއިޚްގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، ހެޔޮ މެސެޖުތައް ފޮނުވަމުންނެވެ.

Ad by Hajj Corporation
އަޒީބެގެ ގޮތުގައި ދިވެހީންގެ ތެރޭގައި މަޝްހޫރު ޝެއިޚް އަޒީބެއަކީ ދީނީ ދަރުސްތައް ދެއްވުމުގައި ވަރަށް ތަފާތު އަދި ޝައުގުވެރި ގޮތެއް ގެންގުޅުއްވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އިލްމީ ދަރުސްތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދަރުސްތަކެކެވެ.
ގިނަ ބަޔަކު ޝެއިޚްގެ ދަރުސްތަކަށް ޝައުގުވެރިވަނީ އެމަނިކުފާނު ވާހަކަދައްކަވާ ފުރިހަމަ ކަމާއި، ހުށަހަޅައިދެއްވުމުގައި ގެންގުޅުއްވާ ފޯރިއާއި ޖޯޝުގެ ސަބަބުންނެވެ.
ޝެއިޚް އަޒީބެއަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.


