logo
Bank of Maldives

Bank of Maldives

ޚަބަރު

ނޭހާ ކައްކަރު އުނބަށްޖަހައިފި; ލަވަކިޔުން ހުއްޓާލާ ވާހަކަ ބުނެވުނީ ޖަޒުބާތުގައި!

ޒިދާން މުޙައްމަދު
20 ޖެނުއަރީ 2026 - 17:23
ނޭހާ ކައްކަރު އުނބަށްޖަހައިފި; ލަވަކިޔުން ހުއްޓާލާ ވާހަކަ ބުނެވުނީ ޖަޒުބާތުގައި!

ލަވަކިޔުން ފަދަ ފަންނީ މަސައްކަތްތަކާއި ޒާތީ ދިރިއުޅުމުގެ ބައެއް ކަންކަމާ ދުރަށްޖެހިލާ ކަމަށްބުނެވުނީ ޖަޒުބާތުގައި ކަމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ބުނެފިއެވެ.

ނޭހާ ކައްކަރު އޭނާގެ ފަންނީ މަސައްކަތްތަކާއި އަމިއްލަ ދިރިއުޅުމުގެ ބައެއް ޒިންމާތަކުން ދުރުވެ، ލަވަކިޔުމާ ވެސް ދުރަށް ދާން ނިންމާފައިވާ ކަމަށް ބުނެ އިންސްޓަރގްރާމްގައި ވަނީ ސްޓޯރީއެއް ޕޯސްޓްކޮށްފައެވެ. ނަމަވެސް މާ ގިނަ ވަގުތުތަކެއް ނުހިނގަނީސް އޭނާ އެ ސްޓޯރީ ޑިލީޓްކޮށްލިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޭހާގެ ސްޓޯރީގައި ޕޯސްޓުކުރި ލިޔުމުގައި ބުނެފައިވަނީ މިވަގުތު ބޭނުންވަނީ ހުރިހާ ޒިންމާތަކަކާއި، ގުޅުންތަކާއި، މަސައްކަތްތަކުން ދުރަށްޖެހިލަން ކަމަށެވެ. އަދި މުސްތަގުބަލުގައި އަލުން މަސައްކަތަށް އެނބުރި އަންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ވެސް އޭނާގެ މެސެޖުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ނޭހާ ވަނީ އޭނާގެ އަމިއްލަ މިނިވަންކަމަށް އިހުތިރާމް ކުރުމަށް ފޭނުންނާއި މީޑިއާތަކުގެ ކިބައިން އެދިފައެވެ. ވަކިން ހާއްސަކޮށް، އޭނާގެ ފޮޓޯ ނުނެގުމަށާއި ކެމެރާތަކާ ދުރުގައި ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ދިނުމަށް އޭނާ ވަނީ އާދޭހާއެކު އެދިފައެވެ.

ނޭހާގެ މި ސްޓޯރީއާ ގުޅޭ ޚަބަރުތައް ސޯޝަލްމީޑިއާ އަދި ނޫސްތަކުގައި ދައުރުވާން ފެށުމުން އޭނާ ވަނީ އޭނާގެ ހާލަތު ފޮލޯވަރުންނަށް ހިއްސާކޮށްފައެވެ. އޭނާގެ އިންސްޓަރގްރާމް ބްރޯޑްކާސްޓް ޗެނަލްގައި ނޭހާ ވަނީ ހާލު ރަނގަޅު ކަމަށާއި އެފަދަ ޕޯސްޓެއް ކުރެވުނީ ޖަޒުބާރީ ވަގުތުކޮޅެއްގައި ކަމަށް ބުނެފައެވެ. އަދި އާންމުންގެ ފަރާތުން ލިބޭ ލޯތްބާއި ހަމްދަރުދީ ފާހަގަކޮށް ޝުކުރު އަދާކުރަމުން ނޭހާ ވަނީ ޕޯސްޓާ ގުޅުވައިގެން ދެކެވޭ ތަފާތު ބައެއް ވާހަކަތަކަށް ވެސް ރައްދުދީފައެވެ.

މިގޮތުން އާއިލީ މައްސަލައެއް ނެތް ކަމަށާއި ފިރިމީހާއާ ގުޅުން ގޯސް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ. އާއިލާއާއި ފިރިމީހާއަށް ވަރަށް ތައުރީފުކޮށް އޭނާ ވަނީ އެ މީހުން ނޭހާ ދެކެ ވަރަށް ލޯބިވާ ކަމަށްވެސް ބުނެފައެވެ.

ދޮގު ވާހަކަތައް އޭނާގެ ފިރިމީހާއާ ގުޅުވައިގެން ނުފެތުރުމަށް ނޭހާ ވަނީ އާންމުންނާޢި ނޫސްވެރިންގެ ކިބައިން އެދިފައެވެ.

ނޭހާ ޖަޒުބާތީ ޕޯސްޓެއް ކުރީ އޭނާގެ ބޭބެ ޓޯނީ ކައްކަރާއެކު ދާދި ފަހުން ނެރުނު "ކެންޑީ ޝޮޕް" ކިޔާ ލަވައަކަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ނެރުނު މި ލަވައަށް ޔޫޓިއުބްގައި 23 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވީ ނަމަވެސް، ލަވައިގެ ބަސްމަގު ހުރި ގޮތާއި، ނެށުމުގެ ހަރަކާތްތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަނެޓްގައި މަޝްހޫރުވި "ކުންބު މޭލާ ގާލް" އާއިލާގެ ދެކޮޅުވެރިކަމާއެކު ފުލުހުންގެ ހިމާޔަތުގައި ކުރި ކައިވެނިޚަބަރު | 22 ދުވަސް ކުރިންމެސީ ހަދިޔާކުރީ އިޒްރޭލަށް 1.5 މިލިއަން ޑޮލަރުތަ؟ ނޫނީ ޓްރަމްޕަށް ބޯޅައެއްތަ؟ދުނިޔެ | މަހެއް ކުރިންމަސްތުގެ ހާލުގައި ކާރު ދުއްވުމުން ބްރިޓްނީ ސްޕެއާސް ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންރޯދަ މަހު ހަނގުރާމައިގެ ކުރީ ސަފުގައި ހުރި އުސްމާނީ ސިފައިންގެ މީހަކު އޭނާގެ އަންހެން ދަރިފުޅަށް ފޮނުވި ސިޓީން އިބުރަތެއްޚަބަރު | މަހެއް ކުރިން