logo
Bank of Maldives

Bank of Maldives

ދުނިޔެ

އޮސްޓްރޭލިއާ އަށްފަހު އިނގިރޭސިވިލާތުންވެސް ކުޑަކުދިން މީސްމީޑިއާ ބޭނުންކުރުން މަނާކުރަން ވިސްނަނީ

އިސްމާޢިލް ރާތިޢު
21 ޖެނުއަރީ 2026 - 05:38
އޮސްޓްރޭލިއާ އަށްފަހު އިނގިރޭސިވިލާތުންވެސް ކުޑަކުދިން މީސްމީޑިއާ ބޭނުންކުރުން މަނާކުރަން ވިސްނަނީ

މީސްމީޑިއާގައި ކުރިމަތިވާ ނުރައްކާތަކުން ކުޑަކުދިން ސަލާމަތްކުރުމަށް، ކުޑަކުދިން މީސްމީޑިއާ ބޭނުންކުރުން މަނާކުރަން އޮސްޓްރޭލިއާއިން އެޅިފަދަ ފިޔަވަޅުތައް އެޅުމާމެދު، އިނގިރޭސިވިލާތުން މަޝްވަރާތައް ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނިގޮތުގައި، މީސްމީޑިއާގެ ނުރައްކާތަކުން ކުޑަކުދިން ހިމާޔަތްކޮށްދިނުމަށް، ދުނިޔޭގެ އެކި ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުން ނުކުތް ނަތީޖާތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. މިގޮތުން، ކުޑަކުދިންނަށް މީސްމީޑިއާ ބޭނުންކުރުން މަނާކުރުމަކީ އެންމެ ރަނގަޅު ފިޔަވަޅުތޯ ވެސް ދިރާސާކުރަމުންދާ ކަމަށާއި، އެފަދަ ފިޔަވަޅެއް އަޅައިފިނަމަ، އެކަން އެންމެ ރަނގަޅަށް ތަންފީޒުކުރެވިދާނެ ގޮތްތަކާމެދުވެސް މަޝްވަރާކުރެވެމުންދާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުން މި މަޝްވަރާތައް ފަށާފައި މި ވަނީ، އޭއައި ބޭނުންކޮށްގެން އުފައްދާ، ކުޑަކުދިންނަށް އެކަށީގެންނުވާ އެކި ޒާތުގެ ކޮންޓެންޓު ވަރަށް ބޮޑަށް އިތުރުވެ ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ. އަދި މި މަހު އީލޮން މަސްކްގެ އޭއައި ޗެޓްބޮޓް، ގްރޮކް އެކްސް އޭއައި އިން ކުޑަކުދިން ވެސް ހިމެނޭ ގޮތަށް މީހުންގެ ފޮޓޯ ބަރަހަނާކޮށް ހެދޭ މައްސަލަ ވެސް ވަރަށް ހޫނުވެފައި ވަނިކޮށެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯ ބަރަހަނާކުރެވޭ ގޮތް މަނާކުރަން ނިންމާފައިވާ ކަމާއި ކުޑަކުދިން ގެންގުޅޭ ޑިވައިސްތަކުން ބަރަހަނާ މަންޒަރުތައް ނުބެލޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އޮސްޓްރޭލިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން މީސްމީޑިއާ ބޭނުންކުރުން މަނާކުރުމާ ގުޅިގެން، އެ އުމުރުފުރައިގެ ކުދިން ބޭނުން ކުރަމުންދިޔަ ފަސް މިލިއަނެއްހާ މީސްމީޑިއާ އެކައުންޓު މިހާތަނަށް ވަނީ ޑީއެކްޓިވޭޓްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާ އަށްފަހު އިނގިރޭސިވިލާތުންވެސް ކުޑަކުދިން މީސްމީޑިއާ ބޭނުންކުރުން މަނާކުރަން ވިސްނަނީދުނިޔެ | 2 ގަޑިއިރު ކުރިން16 އަހަރު ނުފުރޭ ކުދިން މީސްމީޑިއާ ބޭނުންކުރުން އޮސްޓްރޭލިއާގައި މަނާކޮށްފިދުނިޔެ | މަހެއް ކުރިން