logo
Bank of Maldives

Bank of Maldives

ޚަބަރު

ގްރީންލޭންޑާ ބެހޭ ބަހުސްގައި ޑެންމާކުގެ އެމްޕީއަކު ހުތުރު ބަހުން ޓްރަމްޕަށް ރައްދު ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖެނުއަރީ 2026 - 07:24
ގްރީންލޭންޑާ ބެހޭ ބަހުސްގައި ޑެންމާކުގެ އެމްޕީއަކު ހުތުރު ބަހުން ޓްރަމްޕަށް ރައްދު ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅު ވަރުގަދަކުރައްވަމުން ގެންދަވަނިކޮށް، ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު އެމެރިކާގެ ރައީސާ މެދު އޮތް ހިތްހަމަނުޖެހުން ވަރަށް ހަރުކަށި އިބާރާތުން ފާޅުކުރައްވައިފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ގާނޫނު ހަދާ މަޖިލީހުގައި ދާދި ފަހުން ބޭއްވި ބަހުސެއްގައި، ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު އެންޑާސް ވިސްޓިސަން ވަނީ ސީދާ ޓްރަމްޕަށް މުހާތަބުކުރައްވައި، ގްރީންލޭންޑަކީ ވިއްކާލަން އޮތް ތަނެއް ނޫން ކަމަށް ވިދާޅުވެ ހުތުރު ބަހުން ރައްދު ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ލޯބިވާ ރައީސް ޓްރަމްޕް، ވަރަށް ކަނުލައި އަޑުއައްސަވާ. ގްރީންލޭންޑަކީ ވޭތުވެދިޔަ 800 އަހަރު ވަންދެން ޑެންމާކް ރަސްކަމުގެ ބައެއް. އެއީ ގުޅިފައިވާ ގައުމެއް. އެއީ ވިއްކާލަން އޮތް ތަނެއް ނޫން،" އާކްޓިކް ސަރަހައްދު ހޯއްދެވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްޕުޅާ ގުޅިގެން ބޭއްވި މި ސެޝަނުގައި، އުމުރުން 38 އަހަރުގެ ވިސްޓިސަން ވިދާޅުވެފަވެއެވެ.

މީގެ އިތުރުން އޭނާ ވަނީ ޓްރަމްޕަށް ފަހުމްވާނެ ފަދަ ބަހުރުވައަކުން ބުނާނަމަ ކަމަށް ވިދާޅުވެ، ބޮޑު ހުރުތުބަހެއް ވިދާޅުވެފައެވެ.

ވިސްޓިސަންގެ މި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން ހުއްޓުވާފައެވެ. ރިޔާސަތުގައި އިންނެވި ސްޓެފަނޫޓާ ވިދާޅުވީ، މަޖިލީހުގެ މާލަމުގައި ބޭނުންކުރުން އެކަށީގެންނުވާ ބަސްތަކާއި ހުތުރު ބަސްތަކާ މެދު ސާފު ގަވާއިދުތަކެއް އެބަހުރި ކަމަށެވެ. އަދި ކިތަންމެ ވަރުގަދަ ސިޔާސީ އިހުސާސްތަކެއް ހުރި ނަމަވެސް، އެފަދަ ބަހުރުވަ ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މި އިންޒާރަށްފަހު ވިސްޓިސަން އޭނާގެ ތަގުރީރުގެ ބާކީ ބައި ކުރިއަށް ގެންދެވީ ޑެންމާކް ބަހުންނެވެ.

ޓްރަމްޕް ވަނީ އިސްތިރާތީޖީ ގޮތުން މުހިންމު ސަރަހައްދެއްގައި އޮތް އާކްޓިކް ސަރަހައްދު ހޯއްދެވުމުގެ މައްސަލައިގައި އާންމުކޮށް ޕްރެޝަރު ކުރައްވަން ފައްޓަވާފައެވެ. ޓްރަމްޕް ބާރުއަޅުއްވަނީ، އާކްޓިކްގެ ގަނޑުފެންތައް ވިރި، ބޮޑެތި ބާރުތަކުން އިސްތިރާތީޖީ ކުރިއެރުން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ރަޝިޔާ އާއި ޗައިނާއާ ދެކޮޅަށް އެމެރިކާ އާއި ނޭޓޯގެ ސަލާމަތަށް މައުދަނުން މުއްސަނދިވެފައިވާ ގްރީންލޭންޑަކީ ކޮންމެހެން ބޭނުންތެރި ތަނެއް ކަމަށެވެ.

މި މައްސަލައިގައި ޕްރެޝަރު ބޮޑުކުރުމުގެ ގޮތުން ޓްރަމްޕް ވަނީ ޑެންމާކަށް ތާއީދުކުރާ ޔޫރަޕްގެ އަށް ގައުމަކަށް 25 އިންސައްތައާ ހަމައަށް ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މިއާއެކު ޔޫރަޕްގެ ގައުމުތަކުން ވެސް ވަނީ އެމެރިކާއާ ދެކޮޅަށް ރައްދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. މި ހާދިސާ ހިނގާފައިވަނީ ޓްރަމްޕް ޔޫރަޕްގެ ގައުމުތަކަށް ވަރަށް ބޮޑަށް މަލާމާތް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޮރޮންޓޯގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ބަޑީގެ ހަމަލާތަކެއް ދީފިދުނިޔެ | 3 ގަޑިއިރު ކުރިން''ހުޅަނގުން ކުރަމުންދާ ހަނގުރާމައަކީ "ޝައިތާނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ނުފޫޒުގަދަ ބައެއްގެ" އަމަލެއް''ދުނިޔެ | 8 ދުވަސް ކުރިންއިސްރާއީލް-އެމެރިކާ ބައިނަލްއަގްވާމީ ޤާނޫނުތަކަށް ފައިން އަރައިފި، މެދު އިރުމަތި ދަނީ ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް: ޗައިނާދުނިޔެ | 8 ދުވަސް ކުރިންޚާމަނައީ ޝަހީދުވެފައިވާކަނަށް ޓްރަމްޕް ބުނެފިޚަބަރު | 10 ދުވަސް ކުރިން