"ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް!
21 ޖެނުއަރީ 2026 - 16:24

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާއި ގުޅުވައިގެން ދޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ އަންނަ މަހުގެ 13 ވާ އަންގާރަދުވަހާ ހަމައަށް އިތުރުކޮށްފައެވެ.ވޯލްޑް ނޯ ޓޮބޭކޯޑޭ އެވޯޑަށް ހުށަހެޅުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ 7 ވަނަ ދުވަހުއެވެ.
.png&w=750&q=75)
Ad by Hajj Corporation
"ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ" އަކީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ސިއްޙަތު ޖަމިއްޔާއިން ދޭ އެވޯޑެކެވެ.
ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ، ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ދޭ އެވޯޑެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ، "އަންމާސްކިންގ ދަ އެޕީކް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން"އެވެ.މި އެވޯޑަށް އެދި ހުށަހެޅޭނީ، ޑަބްލިއުއެޗްއޯގެ ލިންކް މެދުވެރިކޮށެވެ.
ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މެއިމަހުގެ 31 އެވެ.

-01.jpg&w=3840&q=75)
