logo
Bank of Maldives

Bank of Maldives

ޚަބަރު

އީސީގެ ހުއްދަ ނެތި، ކޮމިޝަނުގައި ހުންނަ އެއްވެސް މައުލޫމާތެއް ބޭނުމެއް ނުކުރެވޭނެ!

އިސްމާޢިލް ރާތިޢު
23 ޖެނުއަރީ 2026 - 04:11
އިލެކްޝަން ކޮމިޝަން ހިންގާ އިމާރާތް
އިލެކްޝަން ކޮމިޝަން ހިންގާ އިމާރާތް

އިލެކްޝަންސް ކޮމިޝަނުގައި ހުރި އެއްވެސް މަޢުލޫމާތެއް ހުއްދަ ނެތް ފަރާތަކަށް ބޭނުން ނުކުރެވޭނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.


އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުގައި ޤާއިމުކޮށްފައިވާ ނިޒާމުތަކަކީ ރައްކާތެރިކަމާއެކު މައުލޫމާތު ރައްކާތެރިކުރެވި، އެމަޢުލޫމާތު ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި ހުއްދަލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމުތަކެއްކަމަށް ރައްޔިތުންނަށް ކަށަވަރުކޮށްދޭކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައިވަނީ، އިލެކްޝަންސްގެ މައީ ޕޯޓަލްގައި ހުންނަ މަޢުލޫމާތު ބައެއް ސިޔާސީ ޕާޓީތަކަށް ލިބޭކަމަށް ބުނެ، ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation


އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، ހުށަހެޅުމާމެދު ނިންމިގޮތް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުންދާ މިންވަރަކުން އެ ކޮމިޝަނުން ޖަވާބުދެމުންދާކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެހެންކަމުން ކޮމިޝަނުން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރީ-ރެޖިސްޓްރީވުމުގެ މުއްދަތު މާދަމާ ހަމަވަނީޚަބަރު | 5 ގަޑިއިރު ކުރިންރީ-ރަޖިސްޓްރޭޝަނަށް ބާކީ ދެ ދުވަސްޚަބަރު | ދުވަހެއް ކުރިންޝަރުތު ހަމަވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިޚަބަރު | 3 ދުވަސް ކުރިންކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުލުން ފަށައިފިޚަބަރު | 4 ދުވަސް ކުރިން