logo
Bank of Maldives

Bank of Maldives

ޚަބަރު

މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވަނީ

އައިޝަތު ނަޝާ
25 ޖެނުއަރީ 2026 - 05:43
މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް ފޮނުވޭނެ ކަމަށް ސިޓީތަކާ އިދާރީ ދާއިރާތަށް ހިންގުމާ އާންމު މަސައްކަަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މާލެ ސަރަޙައްދުގައި ބެހުމުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ. ރޭ 8:30 ގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައިވާ އިރު އެ މަސައްކަތް ކުރިއަށްދާ މަރުކަޒުތަކަށް ވަޒީރު ވަނީ ވަޑައިގެން އިންތިޒާމުތައް ބައްލަވައިލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ރޭ "އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ރަށްރަށާއި، ސިޓީތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެސްޓީއޯއިންނެވެ. އަދި ރަށްރަށާއި، ސިޓީތަކުގައި (މާލެ ފިޔަވައި) ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ކައުންސިލުތަކުންނެވެ.

މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލެވުނު އިރު ރަށްރަށާއި، ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.

ގްރެޓަރ މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބަހަން 15 މަރުކަޒެއް ގާއިމު ކުރެވިފައިވެއެވެ. އެއީ މާލޭގައި 8 މަރުކަޒާއި، ވިލިމާލޭގައި 1 މަރުކަޒާއި އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވަނީޚަބަރު | ގަޑިއިރެއް ކުރިންސިޔާސީ ޕާޓީ އަކުން ދައުލަތުގެެ މުދަލަށް ގެއްލުން ދީގެން ނުވާނެ: އިނާޒް ޚަބަރު | އަހަރެއް ކުރިން