logo
Bank of Maldives

Bank of Maldives

ޚަބަރު

ސިޔާސީ ޕާޓީ އަކުން ދައުލަތުގެެ މުދަލަށް ގެއްލުން ދީގެން ނުވާނެ: އިނާޒް

ސުދާ ލަތީފް
11 ފެބްރުއަރީ 2025 - 04:58
 ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ  މިނިސްޓަރު އިނާޒް އަލީ //
ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިނާޒް އަލީ //

ސިޔާސީ ޕާޓީ އަކުން ދައުލަތުގެެ މުދަލަށް ގެއްލުން ދީގެން ނުވާނެ ކަމަށް ވިދާޅުވެ ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިނާޒް އަލީ އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

އިނާޒް މިފަދައިން ވިދާޅުވީ މެންދުރު ޓީވީ ގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނާޒް ވިދާޅުވީ ސިޔާސީ ޕާޓިއަކުން ދައުލަތުގެ މުދަލަށް ގެއްލުން ދިން 8 ފެބްރުއަރީ އަކީ ދިވެހިރާއްޖޭގެ ތާރީހުގަ، ދިވެހި ރައްޔިތުންނަށް ދިމާވި އެންމެ ހިތާމަވެރި ދުވަސްކަމުގައެވެ. ދިވެހި ރައްޔިތުންގެ މުދަލުގަ އަލިފާން ރޯކޮށް ދިވެހި ދައުލަތުގެ އެތައް މުދަލެއް އަންދާލި މި ދުވަހަކީ ހަމަ ޔަގީނުންވެސް އެއްވެސް ދިވެހި ރައްޔިތަކަށް އުފާވެރި ދުވަހަކަށް ވެގެން ނުދާނެ ދުވަހެއް ކަމަށް އިނާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އިނާޒްް ވިދާޅުވީ އޭރުގެ ސަރުކާރުން ވެރިކަން ކުރެއްވި ގޮތާއި މެދު ރައްޔިތުން ހިތްހަމަ ނުޖެހިގެން މުޒާހަރާކޮށް ޕްރެޝަރު ބޮޑުވުމެ ސަބަބުން އޭރުގެ ސަރުކާރާއި ހަވާލުވެެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަމިއްލައަށް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"ހަގީގަތުގަ އޭރުގަ ރާއްޖޭގަ ހިނގަމުން ދިޔަ، ރާއްޖޭގެ ސަރުކާރުުން އޭރުގަ ހިންގަމުން ދިޔަ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ކަންތަކާ ގުޅިގެން ވެރިކަމުގަ ހުންނެވި އިރު ކުރެއްވި ކަންތަކާ ގުޅިގެން ، ރައްޔިތުން މުޒާހަރާކޮށް ،ޕްރެޝަރު ބޮޑުވެގެން 7 ފެބްރުއަރީގައި ރައީސުލްޖުމްހޫރިއްޔާ އަމިއްލައަށް އިސްތިއުފާ ދެއްވި، ދެއްވުމަށްފަހު ޖެހިގެން އައި ދުވަަހު ނުކުމެ ދައުލަތުގެ ވަރަށް ގިނަ މުދަލުގައި ހުޅުޖަހާ އަލިފާން ރޯކޮށް ، އެތައް ޕޮލިސް ސްޓޭޝަނަކާއި، ސަރުކާރުގެ އެތައް އިމާރާތެއްގައި ވެހިކަލްތަކެއްގަ ރޯކޮށް ،200 މިލިއަނަށްވުރެ ގިނަ އަދަދަކުން ހަމަ ޔަގީނުންވެސް ގެއްލުން ކޮށްލި އެދުވަހުން އެކަނި އަލިފާނުން އަންދާ ދިވެހި ދައުލަތަށް ގެއްލުން ވެގެން ދިޔަ "

8 ފެބްރުއަރީ އަކީ ދިވެހި ރައްޔިތުންނަށް ދިމާވި އެންމެ ހިތާމަވެރި ދުވަސް ކަމުގައި ފާހަގަ ކުރައްވަމުން އިނާޒް ވިދާޅުވީ އެ ދުވަހު ސިޔާސީ ޕާޓީ އަކުން ނުކުމެ ހަރަކާތްތެރިވެ ގިނަ މުދަލަށް ގެއްލުންދީ އަދި އެހާ ބޮޑު ކަމެއް ހިންގާފަ އޮތް މި ދުވަހަކީ ދިވެހި ރައްްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދުނު ދުވަހެއް ކަމުގައެވެ.

"ދިވެހި ރާއްޖޭގެ ސިިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބަޔަކު ނުކުމެ ދިވެހި ދައުލަތުގެ މުދަލުގަ އަލިފާން ޖަހާ ،އަލިފާން ރޯކޮށްލުމަކީ އެއީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގަޕާޓީ އަކުން ދިވެހި ދައުލަތުގެ މުދަލަށް އަދި ދިވެހި ރައްްޔިތުންގެ، އަދި އަމިއްލަ ފަރުދުންގެ މުދަލަށް ވެސް ގެއްލުން ދެވިގެން ނުުވާނެެ ، އެހެންނަމަވެސް ސީދާ ސިޔާސީ ޕާޓީ އަކުން ނުކުމެ ހަރަކާތްތެރިވެ އެ ދުވަހު މުޅި ރާއްޖޭގަ އަލިފާން ރޯކޮށް ދައުލަތުގެ އެހާގިނަ މުދަލަށް ގެއްލުންދީ އެހާ ބޮޑު ކަމެއް ހިންގާފަ އޮތް ދުވަހެއްގެ ވާހަކަ 8 ފެބްރުއަރީ ގެ ވާހަކަ އަކީ "

މީގެ އިތުރުން އިނާޒް ވިދާޅުވީ އެރާއި މިހާރަށް ބަލާއިރު ،އޭރު އެކަން ހިނގާ ދިޔުމަށްފަހު، މި އައި ސަރުކާރުތަކުން މިއަދާ ހަމަޔަށް މިދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަޝްރަހުން ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވަނީޚަބަރު | 2 ގަޑިއިރު ކުރިންސިޔާސީ ޕާޓީ އަކުން ދައުލަތުގެެ މުދަލަށް ގެއްލުން ދީގެން ނުވާނެ: އިނާޒް ޚަބަރު | އަހަރެއް ކުރިން