logo
Bank of Maldives

Bank of Maldives

ޚަބަރު

ދުން ފުހުގެ އަސަރު ދަށްވެ، ދުރު ފެންނަ މިންވަރު އިތުރުވެއްޖެ

މުޙައްމަދު އަފްރާޙް
25 ޖެނުއަރީ 2026 - 06:23
ދުން ފުހުގެ އަސަރު ދަށްވެ، ދުރު ފެންނަ މިންވަރު އިތުރުވެއްޖެ

ދުން ފުހުގެ އަސަރު ދަށްވެ، ދުރު ފެންނަ މިންވަރު އިތުރުވެފައިވާ ކަމުގައި މެޓް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ ދުރުފެންނަ މިންވަރު މިވަގުތު ހުރީ 6 ކިލޯމީޓަރުގައިކަމަށާއި، ކުރިއަށް އޮތް ދެ ތިން ދުވަހުވެސް ދުންފުހުގެ އަސަރު ކުޑަވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ "އައިކިއު އެއަރ" ގެ މައުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ "ފައިން ޕާޓިކިއުލޭޓް މެޓަރ" (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 14.2 މައިކްރޯ ގްރާމްގައެވެ. އެހެންކަމުން މިދިޔަ ދުވަސްތަކާއި އަޅާ ބަލާއިރު ވައިގެ ނުސާފުކަން މިހާރުވަނީ ވަރަށް ބޮޑަށް ދަށްވެފައެެވެ.

ވައިސާފު ކަމުގެ މިންގަނޑަށް ބަލާއިރު 151-200 އާއި ދެމެދުގެ މިންގަނޑަކީ، ވައިގެ ނުސާފުކަން ނުރައްކާ މިންވަރެވެ. ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާ އެކުގައެވެ.

ވައި ނުސާފުވާ ހާލަތްތަކުގައި ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ގެންދަނީ އިރުޝާދުތައް ނެރެމުންނެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ޞިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަޙައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ.

މުޅި އިރުވައި މޫސުމުގައިވެސް އެކި ދުވަސްތަކުގައި ރާއްޖެއަށް ދުންފުހުގެ އަސަރު އަންނަނީ ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުން ފުހުގެ އަސަރު ދަށްވެ، ދުރު ފެންނަ މިންވަރު އިތުރުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންކުރިއަށް އޮތް 5 ދުވަހު ބައެއް ސަރަހައްދަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާނެޚަބަރު | 5 ދުވަސް ކުރިންދުންފުހުގެ އަސަރު ދަނީ ދަށްވަމުންޚަބަރު | 14 ދުވަސް ކުރިންކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ: މެޓްޚަބަރު | 18 ދުވަސް ކުރިން