logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން ރަށެއްގައި ހިންގި ޑްރަގް އޮޕަރޭޝަންތަކެއްގައި ބަޔަކު ހައްޔަރުކޮށްފި

ޒިދާން މުޙައްމަދު
25 ޖެނުއަރީ 2026 - 11:32
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން ރަށަކުން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

މިހަތަރު މީހުން ހައްުަރުކޮށްފައި ވަނީ ތިން ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައެވެ. މިއޮޕަރޭޝަންތައް ހިންގާފައިވަނީ ހދ. ކުޅުދުއްފުށި ސިޓީއާއި، ރ. ދުވާފަރުގެ އިތުރުން ބ. އޭދަފުށީގައެވެ.

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ސިޓީން ހައްޔަރުކޮށްފައިވަނީ އެ ރަށު ގުލާބީގެ، އުމުރުން 55 އަހަރުގެ ޢަބްދުއްސައްތާރު ޢަލީއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މިމަހުގެ 22 ވަނަ ދުވަހު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރުކޮޅު ފެނިފައިވާ ކަމަށެވެ. އަދި ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ރ. ދުވާފަރު / ސެމަންވިލާ، އުމުރުން 20 އަހަރުގެ ޢަލީ މައިސާންއާއި، އެ ރަށު ގުރީންހެވަން، 18 އަހަރުގެ ހޫދު ޙުސައިންއެވެ. މި މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ. ކޯޓުން ވަނީ، މި ދެ މީހުންވެސް 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ބ. އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ، އެ ރަށު ބަށިމާގެ، އުމުރުން 27 އަހަރުގެ މުޙައްމަދު ރައްޝާމްއެވެ. އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި، ސެލޯފިންކޮޅެއްގެ އިތުރުން ދަޅެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 36 ގުރާމެވެ. ކޯޓުން ވަނީ، އޭނާ 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ، މި ތިން މައްސަލަވެސް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން ރަށެއްގައި ހިންގި ޑްރަގް އޮޕަރޭޝަންތަކެއްގައި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއދ. ދިގުރަށުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިޚަބަރު | 2 ދުވަސް ކުރިންވަގަކު އަތުން ހޯދި ވަޅޯ މަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަނީޚަބަރު | 3 ދުވަސް ކުރިންގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިން