logo
Bank of Maldives

Bank of Maldives

ޚަބަރު

ވަގަކު އަތުން ހޯދި ވަޅޯ މަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖެނުއަރީ 2026 - 14:28
ވަގަކު އަތުން ހޯދި ވަޅޯ މަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަނީ

ވަގަކު އަތުން ހޯދާފައިވާ ވަޅޯމަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް އައްޑޫ ސިޓީގެ ފުލުހުން ފަށައިފިއެވެ.

މި ތަކެއްޗަކީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދާފައިވާ ތަކެއްޗެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައްޑޫ ސިޓީ ޕޮލިހުން މައުލޫމާތު ދޭ ގޮތުގައި، މި ތަކެތި ފެނިފައިވަނީ 2026 ޖެނުއަރީ 19 ވަނަ ދުވަހު ގަން ޕޮލިސްގެ ފުލުހުން ސ. ފޭދޫ އިން ހިފެހެއްޓި މީހެއްގެ އަތުންނެވެ. އެ މީހާ ހިފެހެއްޓި ވަގުތު އޭނާގެ އަތުގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ވަޅޯމަހާއި ބަށި ހުރި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތުން ލަސްނުކޮށް ގަން ޕޮލިސް ސްޓޭޝަނާ ގުޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ތަކެތީގެ ވެރިފަރާތުން ގަން ޕޮލިސްގެ ނަމްބަރު 125 އަށް ގުޅުއްވައި، ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދެއެވެ.

މި މައްސަލައާ ގުޅިގެން ހިފެހެއްޓި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިފަދަ ވައްކަމުގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ދަނީ އައްޑޫ ސިޓީގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ރެސްޓޯރެންޓެއްގެ މުވައްޒަފުންތަކެއް އިހުތިޖާޖުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެޗްއާރްސީއެމުން ބަލަނީޚަބަރު | 12 ގަޑިއިރު ކުރިންސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ ޚަބަރު | 17 ގަޑިއިރު ކުރިންދެކާރާއި ދެ ސައިކަލްޖެހި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއްޚަބަރު | 4 ދުވަސް ކުރިން