logo
E-Platinum
ޚަބަރު

300 އަށް ވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތުވަނީ ހުޅުވާލެވިފައި

އާމިނަތު ޝަފާ
7 އޮކްޓޯބަރު 2024 - 12:22
މިއަހަރުގެ މިހާތަނަށް ގިނަ އަދަދެއްގެ ސްކޮލަޝިޕްގެ ފުރުސަތުތަކެއް ވަނީ ހުޅުވާލެވިފައި// ފޮޓޯ: މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްްީކުރުމާއި ބެހޭ ވުޒާރާ
މިއަހަރުގެ މިހާތަނަށް ގިނަ އަދަދެއްގެ ސްކޮލަޝިޕްގެ ފުރުސަތުތަކެއް ވަނީ ހުޅުވާލެވިފައި// ފޮޓޯ: މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްްީކުރުމާއި ބެހޭ ވުޒާރާ

މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްްީކުރުމާއި ބެހޭ ވުޒާރާއިން، މިއަހަރުގެ މިހާތަނަށް 300 އަށް ވުރެ ގިނަ ސްކޮލަޝިޕް ގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

މި އަހަރު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން ޖުމްލަ 53 ސްކޮލާޝިޕް ސްކީމެއް އިއުލާންކޮއްފައިވާއިރު، ޖުމްލަ 345 ސްކޮލަޝިޕްގެ ފުރުޞަތުތަކެއް ވަނީ ހުޅުވާލާފައެވެ.

މިނިސްޓްރީ އިން އިޢުލާންކޮއްފައިވާ މި ސްކޮލާޝިޕް ފުރުޞަތުތަކުގެ ދަށުން މި އަހަރު، ޖުމްލަ 681 ދަރިވަރުން ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރަމުންނެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން މި އަހަރު އިއުލާނުކުރި ސްކޮލަޝިޕް ސްކީމްތަކުގެ ތެރޭގައި، މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގެ ފާސްވާ ދަރިވަރުންނަށް ރައިސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް، ހައި އެޗީވާސް ސްކޮޝިޕް އަދި އެކައުންޓިން ސްކޮލަޝިޕް ހިމެނެއެވެ.

މީގެ އިތުރުން، ޗައިނާ، ތުރުކީ، އިގިރޭސިވިލާތް އަދި ޖަޕާން ފަދަ ބޭރުގެ ޤައުމުތަކުގެ ޚަރަދުގައި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާޞިލުކުރުމާއި ތަމްރީނުވުމަށް ސްކޮލަޝިޕްގެ އެތަށް ފުރުޞަތުތަކެއް ވެސް ވަނީ ހުޅުވާލެވިފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

93 ސްކޮލަރޝިޕް ސްކީމަށް 344 މިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 4 ދުވަސް ކުރިންސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 982 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 13 ދުވަސް ކުރިންއެމްއެމްއޭ އިން އިސްލާމިކް ފައިނޭންސާއި ގުޅޭ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ހުޅުވާލައިފިޚަބަރު | މަހެއް ކުރިންސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި އެސަސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު ޚަބަރު | 3 މަސް ކުރިން