logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެމްއޭ ތަމްވީލްގެ ދަށުން އިސްލާމިކް ފައިނޭންސާއި ގުޅޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

ޝަހްޒާ މުހައްމަދު
3 ޖުލައި 2025 - 04:22
އެމްއެމްއޭ އިން އިސްލާމިކް ފައިނޭންސާއި ގުޅޭ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ހުޅުވާލައިފި

އިސްލާމީ ޝަރީޢަތުގެ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް، މީހުން ތަމްރީނުކުރުމަށް ހާއްސަކޮށްގެން ތަމްވީލް ސްކޮލަރޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ. 

އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ހުޅުވާލާފައިވާ، މި ފުރުސަތުތަކުގެ މައިގަނޑު އަމާޒަކީ މަތީ ފެންވަރުގެ ތައުލީމާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ހާއްސަ ތަމްރީނުތައް މެދުވެރިކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުންކަމަށް އެމްއެމްއޭއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަމްވީލް ސްކޮލަރޝިޕްގެ ދަށުން މިއަހަރު ހުޅުވާލާފައިވާ ފުރުސަތުތަކުގައި ހިމެނެނީ ، އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާއި ޔުނިވަރސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) އާ ގުޅިގެން ހުޅުވާލާ ސްކޮލަރޝިޕްތަކެވެ. މީގެ ތެރޭގައި އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސްގެ 10 ފުރުސަތާއި، މައިކްރޯ ސަރޓިފިކޭޝަންގެ 5 ފުރުސަތު އަދި ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިންގ އެންޑް ފައިނޭންސްގެ 20 ފުރުސަތު ހިމެނެއެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 18 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެއްސަކު ކަމުގައި ވާންޖެހެއެވެ. އަދި އެކޯހަކަށް ކަނޑައެޅިފައިވާ އިނގިރޭސި ފެންވަރު ހުރިކަމުގެ ސެޓްފިކެޓް އޮންނަންޖެހެއެވެ.

އެމްއެމްއޭ އިން ހުޅުވާލި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް އެދި، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 ޖުލައި 2025 ރޭގަނޑު 11:59 އެވެ.

މި އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު އިފްތިތާހުކުރެވުނު، އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްއަކީ ދިވެހިރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް އުފެއްދި އިނީޝިއޭޓިވްއެކެވެ. މި އިނީޝިއޭޓިވްގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ހަރުދަނާކޮށް ކުރިއެރުވުން ކަމަށާއި މި އިނީޝިއޭޓިވް އަމާޒުކުރަނީ ތަޢުލީމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އަދި ޚާާއްޞަ ތަމްރީނު ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާގެ ދިގު މުއްދަތުގެ ޤާބިލުކަން އިތުރުކުރުމަށްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

 

 

 

 

 

                   

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއްޚަބަރު | 12 ދުވަސް ކުރިންބޭރު ފައިސާއިން ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެޚަބަރު | 18 ދުވަސް ކުރިންއެސްބީއައި އިން ޑޮލަރު ލިމިޓު 150 އަށް ދަށް ކުރުމުން ދިމާވާ ދަތިތައް ހައްލު ކުރަނީޚަބަރު | 19 ދުވަސް ކުރިންއިގްތިސާދަށް ދުޅަހެޔޮކަން، ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއްޚަބަރު | 22 ދުވަސް ކުރިން