logo
Bank of Maldives

Bank of Maldives

ޚަބަރު

ސްމާޓް ކެމްޕަހަކާ ދިމާލަށް މިސްރާބުޖަހާ، އައިޔޫއެމްގެ ފަސް އަހަރުގެ ޕްލޭން އިފްތިތާހުކޮށްފި

އިސްމާޢިލް ރާތިޢު
30 ޖެނުއަރީ 2026 - 08:30
ފޮޓޯ: އައިޔޫއެމް
ފޮޓޯ: އައިޔޫއެމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްފިއެވެ.

އެ ޔުނިވަރސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒު ވިދާޅުވީ ކޮންމެ މުއައްސަސާއަކުންވެސް އެ މުއައްސަސާއެއްގެ ސްޓްރެޓެޖިކް ޕްލޭން ބިނާކުރަނީ، ކުރިއެރުވުމަށް މަސައްކަތްކުރާނެ ނިޒާމެއް ގާއިމުކުރުމަށް ކަމަށެވެ. މީގެ ސަބަބުން އެ އިދާރާއެއްގެ މަގުސަދުތަކާއި ޤާނޫނީ ޒިންމާތަކާއި ޤައުމީގޮތުން އިސްކަންދޭ ކަންކަން އެއް މިސްރާބަކަށް ގެންގޮސްދެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީން 2026 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށް އަމަލުކުރާނެ ސްޓްރެޓެޖިކް ޕްލޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ޔުނިވަރސިޓީގެ ވައިސް ޗާންސްލަރ ޑރ. އަލީ ޒާހިރު ވިދާޅުވީ މި ޕްލޭން ތައްޔާރުކޮށްފައިވަނީ ނިމުނު ފަސް އަހަރުު ދުވަހުގެ ޕްލޭން މުރާޖައާ ކުރުމަށްފަހު، ޔުނިވަރސިޓީ އިތުރު ހަރުފަތަކަށް ކުރިއަށްގެންދިއުމަށް ކުރަންހުރި ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށެވެ. މި ޕްލޭން ތައްޔާރުކުރުމުގައި ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ ތަޖުރިބާކާރެއްވެސް އެހީތެރިކަން ފޯރުކޮށްދެއްވިކަން ފާހަގަކުރެއްވިއެވެ.

ވީސީ ވިދާޅުވީ ބާރު ދުވެލީގައި ދުނިޔެ ކުރިއަރަމުން އަންނައިރު 2030 ވަނަ އަހަރު އަންނައިރު ޔުނިވަރސިޓީ އޮންނަ ގޮތް ޕްލޭން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އިސްލާމް ދީނުގައިވެސް ކަންކަން ރޭވުމަށް ބާރު އަޅުއްވާ ކަމަށާއި ވަކި މިސްރާބެއް އޮވެގެން މަސައްކަތް ކުރުމަކީ ކާމިޔާބީއަށް ވާސިލްވުމަށް މުހިންމު ކަމެއް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސްޓްރެޓެޖިކް ޕްލޭނާއެކު އެ ޔުނިވަރސިޓީ ސްމާޓް ކެމްޕަހެއްގެ ގޮތުގައި މަސައްކަތްކުރަން މަޖުބޫރުވާނެކަން ވީސީ ފާހަގަކުރެއްވިއެވެ. އަދި ޔުނިވަރިސިޓީގައި މިވަގުތު ގާއިމުކޮށްފައިނުވާ އެތައް ވަސީލަތެއް ހިމެނޭގޮތަށް މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއެއްގޮތްވާގޮތުގެ މަތިން ޔުނިވަރިސޓީގެ ވިސްނުމާއި ފިކުރު ބައްޓަންވާނެގޮތަށް ޕްލޭން އެކުލަވާލާފައިވާ ކަމަށްވެސް ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަފާތުތަކަކާއެކު، އައިޔޫއެމްގެ "މަހްރަޖާނުލް ޤުރްއާނިލް ކަރީމް" ބާއްވައިފިޚަބަރު | 2 މަސް ކުރިންސްމާޓް ކެމްޕަހަކާ ދިމާލަށް މިސްރާބުޖަހާ، އައިޔޫއެމްގެ ފަސް އަހަރުގެ ޕްލޭން އިފްތިތާހުކޮށްފިޚަބަރު | 3 މަސް ކުރިންޢިލްމީ ދިރާސާ ކުރުމަށް އެހީތެރިކަންދިނުމަށް ތިން މުއައްސަސާއަކަށް ގްރާންޓް ދީފިޚަބަރު | 6 މަސް ކުރިން