logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ނަރުހުން ތަމްރީނު ކުރުމުގައި ބަންގްލަދޭޝްގެ އެހީ ހޯދަނީ

އާމިނަތު ޝަފާ
7 އޮކްޓޯބަރު 2024 - 12:22
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ހަފްލާގެ ތެރެއިން// ފޮޓޯ: ރައީސް އޮފީސް
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ހަފްލާގެ ތެރެއިން// ފޮޓޯ: ރައީސް އޮފީސް

ދިވެހި ނަރުހުން ބިނާކުރުމަށް އަވަށްޓެރި ބަންގްލަދޭޝްއިން ލިބެންހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ހެލްތް އެންޑް ވެލްފެއާ މިނިސްޓްރީގެ އެޑްވައިޒަރު ނޫރްޖަހާން ބޭގަމްއާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިބައްދަލުވުމުގައި ސަފީރު ޝިއުނީން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމުގައި ބަންގަލްދޭޝްއިން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި ރާއްޖެއަށް ބަންގްލަދޭޝްގެ ޑޮކްޓަރުންނާއި އަސާސީ ބޭސް ފޮނުއްވުމުގައި ދެއްވި އެހީތެރިކަމަށްވެސް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދިވެހި ދަރިވަރުން ބަންގްލަދޭޝްގައި ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކުރުމާއި މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވައި، ސަފީރު ވަނީ މިދާއިރާއިން ލިބެންހުރި އިތުރު ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އަދި އެޑްވައިޒަރު ނޫރްޖަހާން ވަނީ ސިއްހީ ދާއިރާއިން ދިވެހިރާއްޖެއާއި ދެމެދު ގާތްގުޅުމެއް ބާއްވަވަން ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ސިއްހީ ދާއިރާއާއި ގުޅޭ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، މިވަގުތު ރާއްޖޭގައި ސްޕްޝަލައިޒްޑް ނަރުހުން މަދުކަން ފާހަގަ ކުރައްވައި، ސަފީރުވަނީ ސިއްހީ ދާއިރާ އާއި މިދާއިރާއިން މީހުން ތަމްރީނު ކުރުމުގައި ބަންގްލަދޭޝްއިން ހޯދަމުން އަންނަ ކުރިއެރުންތަށް ފާހަގަކުރައްވައި، ދިވެހި ނަރުހުން ތަމްރީނު ކުރުމުގައި ބަންގްލަދޭޝްއިން ލިބެންހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން، ސިއްހީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގައި ދެގައުމު ގުޅިގެން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާއި ބެހޭގޮތުން ދެބޭފުޅުންވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

އެޑްވައިޒަރު ނޫރްޖަހާން ބޭގަމްއަކީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ހެލްތް އެންޑް ފެމެލީ ވެލްފެއާ މިނިސްޓްރީގެ ވަޒީރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލައިސެންސް ނެތި ބައެއް ނަރުހުން މަސައްކަތްކުރޭ: ހެލްތު މިނިސްޓްރީޚަބަރު | 4 މަސް ކުރިންބޭހާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނާއި އެކު މަޝްވަރާކޮށްފިޚަބަރު | 6 މަސް ކުރިންފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ނިމޭނޭ- ނާޒިމްޚަބަރު | 6 މަސް ކުރިންރާއްޖެއިން، ނުރައްކާތެރި މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިއްޖެޚަބަރު | 6 މަސް ކުރިން