logo
ގެއްލުނު 4 ފަތުރުވެރިންގެ ހަށިހަނޑު ހޮހޮޅައިގެން ތެރެއިން ފެނިއްޖެ!Bank of Maldives

Bank of Maldives

ޚަބަރު

ޔޫތު މިނިސްޓްރީގެ “އޯޕަން ޑޭ” ފަށައިފި

މުޙައްމަދު އަފްރާޙް
31 ޖެނުއަރީ 2026 - 05:25
ޔޫތު މިނިސްޓްރީގެ “އޯޕަން ޑޭ” ފަށައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ބާއްވާ "އޯޕަން ޑޭ 2026 " ފަށަައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިއިވެންޓު އިއްޔެ ފެށިއިރު، މިއަދު ހަވީރު 4:00 އިން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި އިވެންޓުގައި މިނިސްޓްރީގެ ދަށު އޮފީސްތަކާއި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ވަޒީފާގެ ފުރުސަތުތަކާއި އަދި ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދެވިގެންދާނެއެވެ. މި އިވެންޓުގައި މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ލައިބްރަރީ، އެންސީބީ، ގައުމީ އަރުޝީފް، ނެޝަނަލް ސެންޓަރ ފޯ ދަ އާރޓްސް (އެންސީއޭ)ގެ ސްޓޯލް ވަނީ ހުޅުވާފައެވެ.

މީގެ އިތުރުން މިނިސްޓްރީގެ ޑިޕާޓްމަންޓްތައް ކަމަށްވާ އެންޖީއޯ ޑިޕާޓްމަންޓް، ޔޫތު ހެލްތު އެންޑް ވެލްބިއިން އަދި ޔޫތު އެމްޕަވާމެންޓް ޑިޕާޓްމަންޓްގެ ސްޓޯލްތައް ވެސް ވަނީ ހުޅުވާފައެވެ. މިގޮތުން ނެޝަނަލް ލައިބްރަރީގެ ސްޓޯލްގައި ހުޅުވިފައިވާ ވަޒީފާތަކުގެ ފުރުސަތުތަކުގެ މައުލޫމާތާއި ލައިބްރަރީން ދޭ ހިދުމަތްތަކުގެ މައުލޫމާތުގެ އިތުރުން ތަފާތު ގޭމްސްތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެންސީއޭގެ ސްޓޯލްއިން ލައިވް ކަރޯރޭ، ކުރެހުން، އާޓިސްޓިކް ޑައިރެކްޓްރީގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަދި ލައިވްކޮށް މިއުޒިން އިންސްޓްރުމެންޓް ޕާފޯމްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން ޔޫތު ޑިޕާޓްމަންޓް ސްޓޯލްއިން ޑިޕާޓްމެންޓްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލުމާތު ލިބިގެންދާއިރު ޔޫތު ހެލްތު އެންޑް ވެލްބިއިންގެ ސްޓޯލްއިން ހެލްތު ސްރީނިންގެ ހިދުމަތް ލިބިގެންދާނެއެވެ.

އޯޕަން ޑޭގައި ބައިވެރިވާ ފަރާތްތަކަށް އިނާމާއި އަދި އެހެނިހެން ސަޕްރައިޒްތައް ވެސް ލިބިގެންދާނެއެވެ.

މި އިވެންޓުގައި ލައިވް ޕަފޯމަންސް ވެސް ކުރިއަށްދާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން ދުވަހަށް ކ. ހުރާގައި ކުރިއަށްގެންދިޔަ ޔޫތު ލީޑާޝިޕް ކޭންޕު ކާމިޔާބުކަމާއެކު ނިންމާލައިފިޚަބަރު | 3 ގަޑިއިރު ކުރިންޔޫތު މިނިސްޓްރީގެ “އޯޕަން ޑޭ” ފަށައިފިޚަބަރު | 4 މަސް ކުރިން85 ޒުވާނުންނާއެކު ޔޫތު ހެކަތޯން ފަށައިފިޚަބަރު | 5 މަސް ކުރިންނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 3 ވަނަ ބެޗް ފަށައިފި ޚަބަރު | 10 މަސް ކުރިން