logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެކޮޅަށް ސަޕޯޓަރުން ވަރުގަދަ މުޒާހަރާއެއް ރާވަނީ

އަބްދުﷲ ޣާނިމް
31 ޖެނުއަރީ 2026 - 17:20
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެކޮޅަށް ސަޕޯޓަރުން ވަރުގަދަ މުޒާހަރާއެއް ރާވަނީ

ސްޕެނިޝް ލަލީގާގައި އަންނަ އާދިއްތަ ދުވަހު ރެއާލް މެޑްރިޑުން ރަޔޯ ވަޔެކާނޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި، އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ކުރުމަށް ސަޕޯޓަރުންގެ ގްރޫޕަކުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެލް ޑެބޭޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މުޒާހަރާ ރާވަމުންދަނީ ރެއާލް މެޑްރިޑްގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ބިރުވެރި ސަޕޯޓަރުންގެ ގްރޫޕް ކަމަށްވާ "އަލްޓްރާސް ސޫރް" އިންނެވެ. މި މުޒާހަރާގެ މައިގަނޑު މަގްސަދަކީ ޕެރޭޒް މަގާމުން އިސްތިއުފާ ދިނުމަށް ބާރުއެޅުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަޕޯޓަރުންގެ މި ގްރޫޕުން ޕެރޭޒާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން ފަށާފައިވަނީ މި ސީޒަނުގައި ޓީމުގެ ނަތީޖާތައް ދަށްވުމާއި، ބޭނުންވާ ވަރަށް އާ ކުޅުންތެރިން ޓީމަށް ގެނެސްފައި ނުވާތީއެވެ. މީގެ ކުރިން ބާނަބިއު ދަނޑުގައި ކުޅުނު މެޗުތަކުގައި ވެސް ޕެރޭޒާ ދެކޮޅަށް ބައެއް ސަޕޯޓަރުން ވަނީ އަޑުއުފުލާފައެވެ.

އުމުރުން 78 އަހަރުގެ ޕެރޭޒް ވަނީ ދެ ފަހަރެއްގެ މަތިން ޖުމްލަ 21 އަހަރު ރެއާލް މެޑްރިޑްގެ ރައީސްކަން ކުރައްވާފައެވެ. އޭނާގެ ދައުރުގައި އެ ކްލަބަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބަށް ބަދަލުކޮށްލާފައިވާއިރު، އޭނާގެ ރައީސްކަމުގައި އެ ކްލަބުން ވަނީ 66 އަށްވުރެ ގިނަ ތަށި ކާމިޔާބުކޮށްފައެވެ.

ޕެރޭޒް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އެއްވެސް ވާދަވެރިއަކާ ނުލައެވެ. މީގެ މާނައަކީ، އިސްތިއުފާ ނުދެއްވައިފި ނަމަ 2029 ވަނަ އަހަރާ ހަމައަށް އޭނާ ރެއާލްގެ ރައީސްކަމުގެ މަގާމުގައި ދެމިހުންނަވާނެ ކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއަސް އަށް މަލާމަތްކުރި ސިޓީލޯނާގެ އަމިއްލަ ދަނޑުގައި ހުތުރުގޮތަކަށް އެޓީމު ބަލިކޮށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | 7 ގަޑިއިރު ކުރިންރެއާލް މެޑްރިޑުން ޒުވާން ކުޅުންތެރިންތަކެއް އަރުވައިގެން ބޮޑު މޮޅެއް، ބާސާއާއި އެއްޕޮއިންޓާއި ގާތަށް ޖެހިލައިފިކުޅިވަރު | 3 ދުވަސް ކުރިންވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެކުޅިވަރު | 6 ދުވަސް ކުރިންކަރުތާފެނުގައި އޮތް ރެއާލް ފަހުވަގުތު ކާޅެއް ހޮފައިފިކުޅިވަރު | 11 ދުވަސް ކުރިން