logo
Bank of Maldives

Bank of Maldives

ޚަބަރު

ތިލަފުށި މަރު: މަރުވީ އެކްސްކަވޭޓަރު ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކު ދަށުވެގެން

އައިޝަތު ނަޝާ
1 ފެބްރުއަރީ 2026 - 08:02
ތިލަފުށި މަރު: މަރުވީ އެކްސްކަވޭޓަރު ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކު ދަށުވެގެން

ކ. ތިލަފުށީގެ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވީ، އެތަނުގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކުގެ ދަށުވެގެން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

 ތިލަފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓް ކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ، އުމުރުން 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކޮށް ފުލުހުން މިއަދު ބުނީ، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ކަމަށެވެ.

އަދި އެ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ.

އަމީން މިއާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 28 ވީ ބުދަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މަރުވެފައި އޮއްވާ ފެނުނުކަން ފުލުހުން ހާމަކޮށްފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިހާރަތަކަށް ފޭކު ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހެއް ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންތިލަފުށި މަރު: މަރުވީ އެކްސްކަވޭޓަރު ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކު ދަށުވެގެންޚަބަރު | 3 ގަޑިއިރު ކުރިން''އަމީން މިއާ ނިޔާވީ އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި ހިނގި ހާދިސާގައި''ޚަބަރު | 3 ގަޑިއިރު ކުރިންކުޑަހުވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން