logo
Bank of Maldives

Bank of Maldives

ޚަބަރު

މެޑަމް ސާޖިދާ، ގާލް ގައިޑުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރއާ ބައްދަލުކުރައްވައިފި

ޒިދާން މުޙައްމަދު
1 ފެބްރުއަރީ 2026 - 10:54
މެޑަމް ސާޖިދާ، ގާލް ގައިޑުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އެންޑް ގާލް ސުކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިއުމަތު ޝަފީޤުއާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނިއުމަތު ޝަފީޤުގެ އިތުރުން މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގާލް ގައިޑް ހަރަކާތްތައް ކުރިއަށްގެންދިއުމުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި، ކުރިމަގުގައި އެ ހަރަކާތް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ ގާލް ގައިޑް ހަރަކާތް އިތުރު ހިސާބުތަކަށް ފުޅާކުރުމާއި، ކުދިންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަށް ރޭވިފައިވާ އެކި މަޝްރޫއުތަކާ ބެހޭގޮތުން ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ގަރލް ގައިޑްސް އެސޯސިއޭޝަނަކީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވާ އެކި ކަންކަމަށް ބާރުވެރި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގާ އެސޯސިއޭޝަނެކެވެ. އެ އެސޯސިއޭޝަން އުފެދުނީ 1948 ވަނަ އަހަރުގައެވެ. އެ އެސޯސިއޭޝަންގައި 88 ސްކޫލަކުން 14000 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޑަމް ސާޖިދާ، ގާލް ގައިޑުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރއާ ބައްދަލުކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިން