logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޖެމީ ކެރެގަރ އުނބަށް ޖަހައި ކަސެމީރޯ އަށް ތައުރީފުކުރަން ފަށައިިފި

އަބްދުﷲ ޣާނިމް
2 ފެބްރުއަރީ 2026 - 04:38
ޖެމީ ކެރެގަރ އުނބަށް ޖަހައި ކަސެމީރޯ އަށް ތައުރީފުކުރަން ފަށައިިފި

މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ކަސެމީރޯގެ ކިބައިން ފުޓްބޯޅަ ކުޅުމުގެ ހުނަރު ގެއްލިއްޖެ ކަމަށް ބުނެ މީގެ ކުރިން ފާޑުކިޔާފައިވާ ޖޭމީ ކެރެގަރ، އޭނާގެ އެ ނިންމުން ގޯސްކަމަށް އެއްބަސްވެ ކަސެމީރޯއަށް ތައުރީފުކޮށްފިއެވެ. 2024 ވަނަ އަހަރުގެ މެއި މަހު ކެރެގަރ ވަނީ ކަސެމީރޯގެ ކުޅުން ދަށްވުމާ ގުޅިގެން 'ފުޓްބޯޅަ އޭނާ ދޫކޮށް ގޮސްފި' ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ނަމަވެސް، އެންމެ ފަހުން ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ކަސެމީރޯ ދެއްކި މޮޅު ކުޅުމާއެކު ކެރެގަރ ވަނީ އޭނާގެ ރާގު ބަދަލުކޮށްފައެވެ. އެ މެޗުގައި އުމުރުން 33 އަހަރުގެ ކަސެމީރޯ ވަނީ ލަނޑެއް ޖަހައި، އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ. ސްކައި ސްޕޯޓްސްގައި ވާހަކަދައްކަމުން ކެރެގަރ ބުނީ "މިހާރު ބުނެވިދާނެ ފުޓްބޯޅަ އޭނާ ދޫކޮށް ނުދާކަން" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކެރެގަރ ފާހަގަކުރި ގޮތުގައި މި ސީޒަނުގައި ޕްރިމިއާ ލީގުގައި ކަސެމީރޯ ދައްކަމުންދާ ކުޅުމަކީ ވަރަށް ފާހަގަކޮށްލެވޭ ކުޅުމެކެވެ. ހާއްސަކޮށް އާސެނަލްއާ ދެކޮޅަށް ރަށުން ބޭރުގައި އަދި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކަސެމީރޯ ދެއްކި ހިތްވަރުގަދަ ކުޅުމަށް ކެރެގަރ ވަނީ އިޝާރާތްކޮށްފައެވެ.

ކަސެމީރޯގެ މިހާރުގެ ފިޒިކަލް ފިޓްނަސްއަށް އަލިއަޅުވާލަމުން ކެރެގަރ ބުނީ، ކުރިން އޭނާ ފެނުނީ ކުޅުން ހުއްޓާލަން ކައިރިވެފައިވާ 'މުސްކުޅިއެއް' ގޮތަށް ކަމަށެވެ. ނަމަވެސް މިހާރު އޭނާ ފެންނަނީ މުޅިން ތަފާތު، ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް ކެރެގަރ ފާހަގަކުރިއެވެ.

ކެރެގަރ އިތުރަށް ބުނީ، ކަސެމީރޯ ބޭނުންނަމަ އޭނާއަށް ރައްދު ދިނުމުގެ ހައްގު އެބައޮތް ކަމަށެވެ. "އޭނާ ބޭނުންނަމަ އަހަރެން ގާތު ބުނެވިދާނެ، ޕަންޑިޓްކަން ތިބާ ދޫކޮށް ދިއުމުގެ ކުރިން ތިޔަ މަސައްކަތުން ދުރުވާށޭ!" ކެރެގަރ މަޖާޒީ ގޮތަކަށް ބުންޏެވެ. ކޮންމެއަކަސް، ކަސެމީރޯ މިހާރު ދައްކަމުންދާ ކުޅުމަށް ކެރެގަރ ވަނީ ފުރިހަމައަށް އިހުތިރާމް އަދާކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެމީ ކެރެގަރ އުނބަށް ޖަހައި ކަސެމީރޯ އަށް ތައުރީފުކުރަން ފަށައިިފިކުޅިވަރު | ގަޑިއިރެއް ކުރިންޔުނައިޓެޑްގެ އުޖާލާ ދުވަސްތައް އެނބުރި އައީތަ؟ ޖެހިޖެިގެން ތިން މޮޅާއެކު ގަދަ ހަރަތަކަށް ކުޅިވަރު | 2 ގަޑިއިރު ކުރިންޗެލްސީގެ ކޯލް ޕާމާ ޔުނައިޓެޑަށް ބަދަލުވަނީކުޅިވަރު | 6 ދުވަސް ކުރިންކަސެމީރޯ މި ސީޒަނަށްފަހު ޔުނައިޓެޑް ދޫކޮށްލާނެކަން އިޢުލާނުކޮށްފިކުޅިވަރު | 10 ދުވަސް ކުރިން