logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫގައި ސައިކަލްތަކެއްގައި ރޯވެ ދެ ސައިކަލް ބޭނުން ނުކުރެވޭވަރަށް އަނދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ފެބްރުއަރީ 2026 - 03:57
އައްޑޫގައި ސައިކަލްތަކުގައި ރޯވެ ހިނގި ހާދިސާގައި ސައިކަލްތަކަށް ގެއްލުންވެފައި، ފޮޓޯ: އެމްއެންޑީއެފް
އައްޑޫގައި ސައިކަލްތަކުގައި ރޯވެ ހިނގި ހާދިސާގައި ސައިކަލްތަކަށް ގެއްލުންވެފައި، ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީ ހިތަދޫގައި ހުރި ސައިކަލްތަކެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، ދެ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހިތަދޫ 11 ނަންބަރު ފުލެޓް ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ ރޭ ދަންވަރު 04:10 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ސިފައިން ކުރި މަސައްކަތުން ސައިކަލްތަކުގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 04:25 ހާއިރުއެވެ. މި ހާދިސާގައި އަލިފާން ރޯވި ސައިކަލްތަކުގެ ތެރެއިން ދެ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގައި ސައިކަލްތަކެއްގައި ރޯވެ ދެ ސައިކަލް ބޭނުން ނުކުރެވޭވަރަށް އަނދައިފިޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލޭގެ ގުދަނެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ!ޚަބަރު | 2 ދުވަސް ކުރިންނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ-2، ރަސްމީކޮށް އިފުތިތާހުކޮށްފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފް އެފްއާރުއެސް އިން "ފަޔަރ ޕްރިވެންޝަން ވީކް 2026" ހަރަކާތްތައް ފަށައިފިޚަބަރު | 3 ދުވަސް ކުރިން