logo
Bank of Maldives

Bank of Maldives

ޚަބަރު

ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ޒިދާން މުޙައްމަދު
3 ފެބްރުއަރީ 2026 - 13:11
ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ ތާރީޚީ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޠިމް އިބްރާހީމާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އިސްވެރިންނާއި ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ އިސްވެރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި ލިބުނު ކާމިޔާބީތަކާއި ބެހޭގޮތުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައި.ވީ.އެފް. އަދި އައި.ޔޫ.އައި. ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދާއި އެއްގޮތަށް އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މެދުވެރިކޮށް ރާއްޖެއިން ބޭރުންވެސް ދަރިމައިވުމާ ގުޅޭ ފަރުވާ މިހާރު ލިބެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނެޝަނަލް ފަރޓިލިޓީ ސެންޓަރ ހުޅުވީ 2024 ނޮވެންބަރު މަހުއެވެ. އަދި އެ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައި.ވީ.އެފް މެދުވެރިކޮށް ކުއްޖަކު އުފަންވީ 2026 ޖަނަވަރީ 7 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | ގަޑިއިރެއް ކުރިންރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުން ޑރ. މުޙައްމަދު ވަޙީދު އިސްތިއުފާދެއްވައިފިޚަބަރު | 4 ގަޑިއިރު ކުރިންރައީސް، ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް ވަޑައިގަންނަވަނީ ޚަބަރު | 7 ގަޑިއިރު ކުރިންރައީސްގެ ރޯދަ ހަދިޔާ: އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުވަނީ ރައްޔިތުންނަށް މަންފާކުރާތީ: އިނާޒުޚަބަރު | ދުވަހެއް ކުރިން