logo
Bank of Maldives

Bank of Maldives

ވިޔަފާރި

އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމަށް މަޝްވަރާކޮށްފި

އިސްމާޢިލް ރާތިޢު
7 ފެބްރުއަރީ 2026 - 13:29
އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމަށް މަޝްވަރާކޮށްފި

އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޙްލޫފް، ޖަޕާނުގެ ޖޭ.އޭ.ޓީ.އެސް ކޯ ލިމިޓެޑްގެ ޑިރެކްޓަރާއި ގްލޯބަލް ޓްރޭޑް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރާއެކުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޙްލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުކުރެއްވުމަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ މެނޭޖްމަންޓުގެ އެދިވަޑައިގަތުމަކަށް އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި މިހާރަށްވުރެ ބޮޑަށް މާކެޓް ކުރެވޭނެ ގޮތްތަކާގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުކުރެއްވުމެއްކަމަށެވެ.

އެގޮތުން ޖަޕާނުގައި ހިންގާ 'ވަން ވިލެޖް ވަން ޕްރޮޑަކްޓް' ފިހާރަތައް މެދުވެރިކޮށް ރާއްޖޭގެ އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ވިއްކޭނެ އަދަދު އިތުރުކުރުމުގެ ފުރުޞަތުތައް ހޯދުމާގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް ބައިނަލްއަގުވާމީ ބާޒާރަށް ތައާރަފުވެ، ފުޅާވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އޮތެންޓިކް މޯލްޑިވްސްއަކީ ދިވެހި އަތްތެރި މަސައްކަތްތެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ބީސީސީން ހިންގާ ޚާއްސަ އިސްނެގުމެކެވެ. އެގޮތުން ބީސީސީން އަންނަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ދިވެހި އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް އެކިގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަން މިފްކޯއިން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދު ރާއްޖެ ގެންނަން އެއްބަސްވުމެއްޚަބަރު | 2 މަސް ކުރިންއޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމަށް މަޝްވަރާކޮށްފިވިޔަފާރި | 3 މަސް ކުރިންޖަޕާނުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 7 މަސް ކުރިން