logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިން ސީރިއާއަށް ދިއުން ހުއްދަކޮށްފި

އައިޝަތު ނަޝާ
8 ފެބްރުއަރީ 2026 - 11:56
ދިވެހިން ސީރިއާއަށް ދިއުން ހުއްދަކޮށްފި

ދިވެހިން ސީރިއާއަށް ދިޔުން ހުއްދަކޮށް، އެ ގައުމުގައި ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތް ރާއްޖޭގެ ނިރުބަވެރި ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފިއެވެ.

ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު އާކުރާއިރު، އެންމެ ފަހުން ނެރުނު ލިސްޓުން ވަނީ ދިވެހީން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްކަމަށް ސީރިއާ އޮތް އޮތުން އުނިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީރިއާގެ އެޗްޓީއެސް ޖަމާއަތަކީ އޮކްޓޫބަރު، 2019 އިން ފެށިގެން ރާއްޖޭގެ ނިރުބަވެރި ޖަމާއަތްތަކުގެ ލިސްޓްގައި އޮތް ޖަމާއަތެކެވެ. އެ ލިސްޓް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ނެރުނު އިރުވެސް އެ ޖަމާއަތް އޮވެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ނެރުުނު ލިސްޓްގައި އެޗްޓީއެސް ޖަމާއަތް ވަނީ އުނިކޮށްފައެވެ.

ދިވެހި ސަރުކާރުން މި ބަދަލު ގެނައީ، އެމެރިކާ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުން ސީރިއާގެ މިހާރުގެ ވެރިކަން ބަލައިގަންނަ ފަދަ މޭރުމަކުން ނިންމުންތައް ނިންމަމުން ދާ ދަނޑިވަޅެއްގައެވެ.

މި ޖަމާއަތުގެ އިސް ލީޑަރަކީ އަބޫ މުހައްމަދު އަލް ޖޫލާނީ ނުވަތަ އަސްލު ނަމުންނަމަ އަހުމަދު އަލް ޝަރާއެވެ. އޭނާ ވަނީ ފަހުން އަލްގައިދާއާ އޮތް ގުޅުން ކަނޑާލާފައިވާ ކަމަށް އިއުލާންކޮށްފައެވެ.

މި ޖަމާއަތުގެ މައިގަނޑު މަގްސަދަކީ ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލައި، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ގާއިމުކުރުމެވެ. އެގޮތުން 2024ވަނަ އަހަރުގެ ފަހުކޮޅު، މި ޖަމާއަތް އިސްވެ އޮވެ ދިން ވަރުގަދަ ހަމަލާތަކަކަށްފަހު، ސޫރިޔާގެ ވެރިރަށް ދިިމިޝްގު ހިމެނޭހެން ބޮޑެތި ސިޓީތައް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

އެމެރިކާ އާއި އދ. ފަދަ ބައެއް ފަރާތްތަކުން ކުރިން މި ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިހާރު އައިސް އެ ޖަމާއަތުން ވަނީ އެމީހުންނަކީ ހަމައެކަނި ސޫރިޔާގެ މައްސަލަތަކަށް އިސްކަންދޭ، މެދުމިންގަނޑެއްގެ ސިޔާސަތުތަކެއް ގެންގުޅޭ ބައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައެވެ.

މިހާރު ސޫރިޔާގައި އުފެދިފައިވާ އިންތިގާލީ ސަރުކާރުގައި މި ޖަމާއަތުން މުހިންމު ދައުރެއް އަދާކުރެއެވެ.

ސީރިއާއަށް ދަތުރުކުރުން ހުއްދަކުރިއިރު، އެއީ ޖިހާދުގެ ނަމުގައި ބައެއް ދިވެހީން ދަތުރުކޮށް ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ގައުމެކެވެ. ބައެއް ދިވެހީން އެ މީހުންގެ އަނބިދަރިން ވެސް ގެންދިޔައިރު، އެ ތަނުގައި ދަރީން ލިބި، ފަހުން ފިރިން މަރުވެ ނިކަމެތި ހާލުގައި ވެސް އުޅެން ޖެހުނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިން ސީރިއާއަށް ދިއުން ހުއްދަކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޔަހޫދީންނާ ހަނގުރާމަ ކުރުމުގެ ވިސްނުމެއް މި ވަގުތު ނެތް: އެޗްޓީއެސްދުނިޔެ | އަހަރެއް ކުރިން