ޔަހޫދީންނާ ހަނގުރާމަ ކުރުމުގެ ވިސްނުމެއް މި ވަގުތު ނެތް: އެޗްޓީއެސް
15 ޑިސެމްބަރު 2024 - 05:29

ސީރިޔާގެ ބައެއް ބިންތަކަށް ވެރިވެގަނެފައިވާ ޔަހޫދީ ފައުޖުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ވިސްނުމެއް މި ވަގުތު ނެތް ކަމުގައި، އެ ޤައުމުގައި ވެރިކަން ކުރާ ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ އަސްކަރީ ކޮމާންޑަރު އަޙްމަދު އަލް-ޝަރާޢު ނުވަތަ އަބޫ މުޙައްމަދު އަލް-ޖޫލާނީ ބުނެފިއެވެ.
އޭނާގެ ބެލުމުގެ ދަށުން އެޗްޓީއެސްގެ ފައުޖުތަކުން ސީރިޔާގެ ވެރިރަށް ދިމިޝްޤަށް އަރައި، ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ނިމުމަކަށް ގެނެސްފައި ވަނީ ޑިސެންބަރު 8ވަނަ ދުވަހުއެވެ.

Ad by Hajj Corporation
އެ ސަރަޙައްދުގައި ދިގު މުއްދަތަކަށް ޔަހޫދީ ސިފައިން ނުތިބޭނެ ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް، އެ މީހުން ދަނީ ސީރިޔާގެ އަމާޒުތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ، ސީރިޔާގެ އަސްކަރިއްޔާއިން ހަތިޔާރު ރައްކާކޮށްފައި ހުރި ގުދަންތަކަށް ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.
ނަމަވެސް، ޝަރާޢު ވިދާޅުވީ، ސީރިޔާގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ވިސްނުމެއް މި ވަގުތު ނެތް ކަމުގައެވެ. އަދި، މި ވަގުތު އެންމެ އިސްކަމެއް ދެނީ، 13 އަހަރަށް ދެމިގެން ދިޔަ ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ސުންނާފަތި ކޮށްލާފައިވާ ރަށްތައް އަލުން އާރާސްތު ކުރުމަށް ކަމުގައެވެ.


