logo
Bank of Maldives

Bank of Maldives

ޚަބަރު

777 ފުޅި ބަނގުރާ އަދި 225 ދަޅު ބަނގުރާ ނައްތާލައިފި

ޒިދާން މުޙައްމަދު
11 ފެބްރުއަރީ 2026 - 11:23
777 ފުޅި ބަނގުރާ އަދި 225 ދަޅު ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ނައްތާލާފައިވާ ތަކެއްޗަކީ ފުލުހުންނަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް ގެނެސްފައިވާ ބަނގުރާކަމަށެވެ.

މިގޮތުން ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 777 ފުޅި ބަނގުރަލާއި 225 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 10 އައިޓަމެއްކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

މީގެ އިތުރުން މިތަކެތި ނައްތާލުމުގެ މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާލައިފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންކަމަށްވެސް އެ ޚިދުަތުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނަރެސް ފުލެޓުތަކުގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިންއެމްޓީސީސީ ބަހަކާއި ސައިކަލެއް އެކްސިޑެންޓެއްވެ މީހަކަށް އަނިޔާވެއްޖެ!ޚަބަރު | 3 ދުވަސް ކުރިންމަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިންވިނަރެސް ފުލެޓު ކަރަންޓު ފޮށިތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިން