އެއްދުވަހު ނިޔާވި 2 ގައިދީއެއްގެ ހަށިގަނޑު ޕޯސްޓް މޯޓަމަށް ފޮނުވަނީ
8 ފެބްރުއަރީ 2026 - 12:10

ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، މިދިޔަ ހޯމަ ދުވަހު މަރުވި 2 ދިވެހިންގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަވާކަމަށް ފުލުހުން ގެ ޙިދުމަތުން ބުނެފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހުކުމްތަންފީޒު ކުރަމުން ދަނިކޮށް މިދިޔަ ހަފްތާގައި މަރުވެފައިވަނީ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދަފްތަރު ނރ. 439، އުުމުރުން 53 އަހަރުގެ އިބްރާހިމް ސުޙެއިލް އާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، އުމުރުން 45 އަހަރުގެ ޙަސަން ނިޔާޒްއެވެ.

Ad by Hajj Corporation
މީގެތެރެއިން އިބްރާހިމް ސުޙެއިލްގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ފަހުން އޭނާ މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ. މީގެ އިތުރުން ޙަސަން ނިޔާޒް މަރުވީ އޭނާއަށް ކުއްލި މެޑިކަލް އިމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމް ދަނިކޮށެވެ.
ފުލުހުން ބުނީ ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފަކަމަށާއި، އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.


