މަސްތުވާތަކެތީގެ މައްސަލައެއްގައި މާވަށުން މީހަކު ހައްޔަރުކޮށްފި
އައިޝަތު ނަޝާ
8 ފެބްރުއަރީ 2026 - 08:21

މަސްތުވާތަކެތި މައްސަލައެއްގައި ލ. މާވަށުން މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ، ލ. މާވަށް / އިތާ، ޙަސަން ނާއިފް (24އ)އެވެ. މިމީހާ ހައްޔަރުކުރީ، މިމަހުގެ 5ވަނަ ދުވަހު މާވަށު ފުލުހުން ރަށުތެރެ ޕެޓުރޯލު ކުރުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ad by Hajj Corporation
އަދި އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވާ ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅުތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ނާއިފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
ފުލުހުން ދަނީ، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.


