މާލެ ހިޔާގެ 5 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގަ
7 ފެބްރުއަރީ 2026 - 09:59

މާލެ ހިޔާގެ ފަސް ވަނަ ފަންގިފިލާއިން ވެއްޓުނު އުމުރުން ދުވަސްވީ މީހާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭން ފަށައިފިއެވެ.
އުމުރުން 60 އަހަރުގެ މި މީހާ މާލެ ހިޔާ 1 ގެ 5 ވަނަ ފަންގިފިލާ އިން ވެއްޓިފައިވަނީ މި ހިނގާ ފެބްރުވަރީ 5 ވީ ބުރާސްފަތި ދުވަހު ހެނދުނު 6:50 ހާއިރުއެވެ.

Ad by Hajj Corporation
މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންންނަށް ލިބުމާއެކު ހާދިސާ ހިނގި ސަރަހައްދަށް ގޮސް އެ މީހާ ވަނީ ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ނަމަވެސް، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެ މީހާގެ ހާލު ސީރިއަސްވެ، މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
މި މީހާ ފަސް ވަނަ ފަންގިފިލާއިން ވެއްޓެން ދިމާވި ސަބަބެއް ނުވަތަ އެކަން ހިނގައިދިޔަ ގޮތެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ. ފުލުހުން ބުނި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.


