logo
Bank of Maldives

Bank of Maldives

ޚަބަރު

ތިލަފުށި މަރު: ޑްރައިވަރު މަސައްކަތް ކުރަމުން ދިޔައީ ޤަވައިދާ ޚިލާފަށް

އައިޝަތު ނަޝާ
8 ފެބްރުއަރީ 2026 - 11:50
ތިލަފުށި މަރު: ޑްރައިވަރު މަސައްކަތް ކުރަމުން ދިޔައީ ޤަވައިދާ ޚިލާފަށް

މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ތިލަފުށީގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 24 އަހަރުގެ ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކްސްކެވޭޓަރު ޑްރައިވަރު މަސައްކަތްކުރަނީ ގަވައިދާ ޚިލާފަށް ކަމަށް، ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ތިލަފުށިން މަރުވި ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ސްރީލަންކާގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ވަނީ ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަދުރަންގަ ޑިސަނަޔަކަ މެނިކައިގެ ބަންދު ދަމަހައްޓަން ނެރެފައިވާ ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ އޭނާ ދުއްވި އެކްސްކެވޭޓަރުން ޖެހި އަމިން މިއާ ނިޔާވި މައްސަލައިގައެވެ.

އެ މައްސަލައިގައި ހެކިވެރިއަކު ދިން ބަޔާނަކާ ހަވާލާދީ ބަންދު އަމުރުގައި ވަނީ، މަދުރަންގަ ޑިސަނަޔަކަ މެނިކަ ފިލައިގެން ދާން މަސައްކަތްކުރި ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ މަސައްކަތްކުރަމުން ދިޔައީ ގަވައިދާ ޚިލާފަށް ކަމަށް، މައްސަލަ ބައްލަވާ ފުލުހުންގެ އޮފިސަރު ކޯޓުގައި ވިދާޅުވި ކަމަށްވެސް އަމުރުގައިވެއެވެ.

ޖަނަވަރީ މަހުގެ 26ވަނަ ދުވަހު ގެއްލުނު ބިިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަނިކޮށް، މަރުވެފައި އޮއްވާ ފެނުނީ އޭގެ ދެ ދުވަސް ފަހުން އެ މަހުގެ 28ވަނަ ދުވަހެވެ. މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 24 އަހަރުގެ އަމީން މިއާ ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން އޭރު ބުނީ، އަމީން މިއާގެ މަރުގެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި މީހާ ކަމަށްވާ، ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަދުރަންގަ ޑިސަނަޔަކަ މެނިކަ ހައްޔަރުކޮށް، ވަނީ ބަންދުކޮށްފައެވެ. މިއަދު އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްކާ ރޯޑް ޝޯގެ ހަރަކާތްތައް ދެ އަތޮޅެއްގައި ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންއެއްދުވަހު ނިޔާވި 2 ގައިދީއެއްގެ ހަށިގަނޑު ޕޯސްޓް މޯޓަމަށް ފޮނުވަނީޚަބަރު | 2 ގަޑިއިރު ކުރިންތިލަފުށި މަރު: ޑްރައިވަރު މަސައްކަތް ކުރަމުން ދިޔައީ ޤަވައިދާ ޚިލާފަށްޚަބަރު | 2 ގަޑިއިރު ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި މާވަށުން މީހަކު ހައްޔަރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިން