logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމަށް ތަރައްގީ ގެނެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލެއް ހޮވިގެން: ފަސްޓް ލޭޑީ

އައިޝަތު ނަޝާ
12 ފެބްރުއަރީ 2026 - 07:55
 ޤައުމަށް ތަރައްގީ ގެނެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލެއް ހޮވިގެން: ފަސްޓް ލޭޑީ

މި ސަރުކާރުން ބޭނުންވާ ތަރައްގީއާއި ތަމައްދުނު މި ގައުމަށް ގެނެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލް މެންބަރުންތަކެއް ހޮވިގެން ކަމަށާއި އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށްފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ،މާފަންނު މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމަނާ ވަނީ  ކޮންމެ ކެންޑިޑޭޓަރު ހޮވުނަސް "އެންމެ ރަނގަޅު" ކަމަށް ބުނެ ބައެއް ފަރާތްތަކުން ވޯޓުލާން ނުނުކުންނަ ކަން ފާހަގަކޮށްފައެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ރަށަށް އަންނަ ތަރައްގީއަކީ ދިވެހި ކޮންމެ ރައްޔިތަކު އޭގައި ހިއްސާވާނެ ކަމެއް ކަމަށާއި ވޯޓުލާން ނުކުންނަން ޖެހެނީ އެހެންވެ ކަމަށްށެވެ.

"މިއަދު އަޅުގަނޑުމެންނަށް ކީއްހޭ ކޮންމެ މީހަކު ހޮވުނަސް ބުނާއިރު، އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށްޓަކައިވެސް އެ ހޮވޭ މީހާ، އެ ކުރާ މަސައްކަތް، އެ ރަށަށް އެ އަންނަ ތަރައްގީއަކީ އަޅުގަނޑުމެން ކޮންމެ މީހަކު އޭގަ ހިއްސާވާނެ ކަމެއް،" މެޑަމް ސާޖިދާ

އެކަމަނާ ވަނީ މިފަހަރު އެންމެން ނުކުމެ، މިއީ އެންމެންގެ ވެސް ޒިންމާއެއް ކަމުގައި ދެކި، މިފަހަރު ގިނަ ބޭފުޅުން މި ވޯޓުގައި ބައިވެރިވެ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިފައެވެ.

މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނާއި މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމުން އަޚްލާޤީ ރަނގަޅު ސިފަތައް އަށަގަތުމަށް މަގުފަހިވޭ: މެޑަމް ސާޖިދާޚަބަރު | 13 ދުވަސް ކުރިންޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 25 ދުވަސް ކުރިންދުޅަހެޔޮ ދިރިއުޅުމަކަށާއި ވަރުގަދަ މުޖުތަމަޢެއް ބިނާކުރުމަށް ސައިންސް އަދާކުރާ ދައުރު ވަރަށް މުހިންމު: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިންޓީބީ ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުން މުހިންމު: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިން