logo
Bank of Maldives

Bank of Maldives

ރިޕޯޓް

8 ބިލިއަނުގެ ތެރޭން 100 ގައި: ދިވެހިންނަށް ބޮޑު ފަޚުރެއް، ޤައުމަށް މަތިވެރި ޝަރަފެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ފެބްރުއަރީ 2026 - 15:20
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ޤައުމު ފަޚުރުކޮށްދެއްވާ ލީޑަރެއް
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ޤައުމު ފަޚުރުކޮށްދެއްވާ ލީޑަރެއް

2026 ވަނަ އަހަރާ ހަމައަށް ލަފާކުރެވޭ ގޮތުގައި ދުނިޔޭގައި އަށް ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭނެއެވެ. މިފަދަ ބޮޑު އާބާދީއެއްގެ ތެރެއިން، އެކި ދާއިރާތަކުން އެންމެ ނުފޫޒުގަދަ އަދި ފާހަގަކޮށްލެވޭ 100 މީހުންގެ ތެރޭގައި ހިމެނުމަކީ އާދައިގެ ކަމެއް ނޫނެވެ. އެމެރިކާގެ މަޝްހޫރު 'ޓައިމް' ނޫހުން ހޮވި ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރަކާއި ޝަރަފެކެވެ.

ސިއްހީ ދާއިރާއަށް ދެއްވާ ހާއްސަ އިސްކަން

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުޢިއްޒު މި ލިސްޓުގައި ހިމެނިވަޑައިގަތުމުގެ އެންމެ ބޮޑު ސަބަބަކީ އާންމު ސިއްހަތުގެ ދާއިރާއަށް އެމަނިކުފާނު ދެއްވާ ހާއްސަ ސަމާލުކަމެވެ. ޚާއްސަކޮށް ބަލިތަކުން ދުރާލައި ރައްކާތެރިވުމަށާއި، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެވިފައިވާ ކަންކަމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ވަނީ މިކަން ފާހަގަކޮށް، ރައީސްގެ މި މަސައްކަތްޕުޅަށް ތައުރީފުކޮށްފައެވެ.

ދުންފަތާ ދެކޮޅަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތައް

ޓައިމް ނޫހުން ވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ 'ޖެނަރޭޝަން ބޭން' ސިޔާސަތު ފާހަގަކޮށްފައެވެ. 2007 ވަނަ އަހަރުގެ ފަހުން އުފަންވި ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމާއި، ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ. މީގެ އިތުރުން، ދުންފަތް ހުއްޓާލަން ބޭނުންވާ މީހުންނަށް ހާއްސަ ކްލިނިކްތައް ގާއިމުކުރުމަކީ ވެސް މި ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ.

ނަފުސާނީ ދުޅަހެޔޮކަމާއި ބަލިތައް ކޮންޓްރޯލްކުރުން

ރައީސްގެ ޒައާމަތުގައި ނަފުސާނީ ދުޅަހެޔޮކަމަށް ދެއްވާ އިސްކަން ވެސް ވަނީ ބައިނަލްއަގުވާމީ ސަމާލުކަމަށް އައިސްފައެވެ. ކޮންމެ ވަގުތަކު ވެސް ގުޅޭނެ ނަފުސާނީ އެހީތެރިކަމުގެ ހެލްޕްލައިނެއް ގާއިމުކުރުމަކީ ގިނަ ބަޔަކަށް އޭގެ ފައިދާ ކުރަމުންދާ ކަމެކެވެ. ހަމައެއާއެކު، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ވާރުތަވުން މުޅިން ހުއްޓުވި ފުރަތަމަ ގައުމުގެ ގޮތުގައި ރާއްޖެ ހިމެނުމަކީ ސިއްހީ ދާއިރާއިން ހޯދި ތާރީޚީ ކާމިޔާބީއެކެވެ.

އިޚްލާޞްތެރި މަސައްކަތްޕުޅުގެ ނަތީޖާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ހިމެނިވަޑައިގަތުމަކީ، އެމަނިކުފާނުގެ ހަރުދަނާ ލީޑަޝިޕާއި، ރައްޔިތުންގެ ދުޅަހެޔޮކަމަށް ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުގެ ނަތީޖާއެވެ. މިއީ ދިވެހިރާއްޖެ ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ ޝަރަފެއް ލިބިގެންދިޔަ ކަމެކެވެ. މި ކާމިޔާބީއަކީ މިއަދުގެ ދިވެހި ސަރުކާރުން ގެންގުޅުއްވާ 'ގައުމިއްޔަތު އިސްކުރުމުގެ' ސިޔާސަތާއި، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެކެވެ. އެމަނިކުފާނުގެ ނަން ދިވެހި ތާރީޚްގައި ރަން އަކުރުން ލިޔެވިގެންދާނެކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

8 ބިލިއަނުގެ ތެރޭން 100 ގައި: ދިވެހިންނަށް ބޮޑު ފަޚުރެއް، ޤައުމަށް މަތިވެރި ޝަރަފެއްރިޕޯޓް | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީއަށް މަރުޙަބާ ވިދާޅުވެއްޖެ ޚަބަރު | 5 ގަޑިއިރު ކުރިންބޭނުންވަނީ ދެމިއޮންނަ ހައްލުތަކަށް އިންވެސްޓް ކުރާނެ އިންވެސްޓަރުން: ރައީސް ޚަބަރު | 10 ގަޑިއިރު ކުރިންރައީސް ޖަރުމަނުވިލާތުން މާލެ ވަޑައިގެންފިޚަބަރު | 12 ގަޑިއިރު ކުރިން